
FxTyOTxaIAEaZwl
ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާއަކަށް 40 ރުފިޔާ ބެހުމަށް އެކުންފުނިން ފާސްކޮށްފި އެވެ.

އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށަހެޅުނު ޖުމްލަ 215 މިލިއަން ރުފިޔާ، ހިއްސާއަކަށް 40 ރުފިޔާ ދިނުމަށް ފާސްކޮށްފައެވެ. މި ޖަލްސާ ބާއްވާފައިވަނީ އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމުގައެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ހިއްސާދާރުން ވަނީ ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާއަކަށް 40 ރުފިޔާ ދޫކުރުމަށް ނިންމާފައި ކަމަށާއި މިއީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި މިދިޔަ މަހު ހިއްސާދާރުންނަށް ބެހުނު 20 ރުފިޔާ ހިމަނައިގެން ދޫކުރެވޭ އަދަދެއް ކަމަށެވެ.
"ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ އަޅުގަނޑުމެންގެ ޓީމުން މިދިޔަ އަހަރު ކުރި ހީވާގި ބުރަ މަސައްކަތަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން. ފާއިތުވި 40 އަހަރު ބޭންކަށް އިތުބާރުކުރައްވާ، އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ގޮތުގައި ތިއްބެވި އެންމެހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުމެން އަލަށް އެކުލަވާލި ސްޓްރެޓަޖީ އަމާޒުކޮށްފައިވަނީ ދެމެހެއްޓެނިވި، ކަސްޓަމަރުންނާ އިންސާފުން މުއާމަލާތްކުރުމަށާއި ޑިޖިޓަލައިޒޭޝަނަށް. މި ސްޓްރެޓަޖީގެ ދަށުން އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ރައްޔިތުން ހިޔާރުކުރާ ބޭންކަށްވުމަށް." - ކާރލް ސްޓުމްކަ
ކުރިން ދޫކުރެވުނު އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން 2022 ވަނަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 215 މިލިއަން ރުފިޔާ ލިބޭނެއެވެ. ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 125 މިލިއަން ރުފިޔާގެ އިތުރުން 2022 ވަނަ އަހަރުގެ ޓެކްސްގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބިގެންދާނެއެވެ.
ގުޅުންހުރި

ބީއެމްއެލް އިސްލާމިކްގެ އީދު ސައި މިއަދު 9 ރަށެއްގައި ކުރިޔަށްދިޔަ!

ބީއެމްއެލުން ހއ އަތޮޅަށް ގެސްޓް ހައުސް ފައިނޭންސިންގް ތައާފަރްކޮށްފި
.jpg&w=3840&q=75)
މިއަދު އަލަށް ހިދުމަތްފެށި 7 ރަށާއިއެކު ބީއެމްއެލްގެ އޭޓީއެމް ހިދުމަތް މުޅި ހއ އަށް!
