logoEN
ކޮކާކޯލާ
ބީއެމްއެލް އިން ޓެނިސް އެސޯސިއޭޝަންގެ ޕާޓްނާޝިޕް އާކޮށްފި

ބީއެމްއެލް އިން ޓެނިސް އެސޯސިއޭޝަންގެ ޕާޓްނާޝިޕް އާކޮށްފި

އަލްފާ އަލީ

logo

5/23/2023, 4:20:24 PM

# ޓެނިސް އެސޯސިއޭޝަން# ޓެނިސް# ބޭންކް އޮފް މޯލްޑިވްސް# ބީއެމްއެލް# ކުޅިވަރު

https___www.bankofmaldives.com.mv_storage_article_624_6554_1684824244.16848242448203

ރާއްޖޭގައި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއެކު ވެފައިވާ އެއްވަސްވުން އައުކޮށްފިއެވެ.

އަބުޅޯ

މިއަދު ބޭއްވުނު ހަފްލާއެއްގައި މި އެގްރީމަންޓުގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ އަދި ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަފީޒެވެ.

މި އެއްބަސްވުމުގެ ދަށުން، ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް އޮތް 3 އަހަރު ޤައުމީ ޓެނިސް ޗެންޕިއަންޝިޕް ބޭއްވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ " ޤައުމީ ޓެނިސް ޗެންޕިއަންޝިޕް އަކީ ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް މުބާރާތް. އަޅުގަނޑުމެން ޓެނިސް އެސޯސިއޭޝަނާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޒުވާން އެތްލީޓުންގެ ހުނަރު އިތުރަށް ފުޅާކުރުމަށް އެހީތެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް."

ބީއެމްއެލް އިން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. މި ގޮތުން ބީއެމްއެލް އަކީ ޤައުމީ ފުޓްބޯޅަ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރ އެވެ. އަދި ޤައުމީ ސަރފިންގ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރ ގެ އިތުރުން ސުއިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ޤައުމީ ޕާޓްނަރ އަކީވެސް ބީއެމްއެލްއެވެ.

މީގެ އިތުރުން، ސްޕޯޓްސް ސްކޮލަރޝިޕް ފަންޑުގެ ދަށުން ބީއެމްއެލް އިން މިހާރުދަނީ ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި އެތްލެޓިކްސް، ބެޑްބިންޓަން، ޓޭބަލް ޓެނިސް އަދި ޓެނިސް ގެ ތަމްރީން ހޯދުމަށް ރާއްޖޭގެ 7 އެތްލީޓުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ