ރައްޔިތުންގެ މަޖިލީހުން އިގްތިސޯދީ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީ ހިމެނޭ ގޮތަށް އެކުލަވައިލި 2021އަށް ލަފާ ކުރާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓް ރިޕޯޓް ނިންމުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް އެ ކޮމިޓީ އިން ފާސްކޮށްފިއެވެ.
ރިިޕޯޓް ނިންމަން ބުރާސްފަތީގެ ސުންގަނޑިއެއް ހުށަހެޅުއްވީ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިނެވެ. އޭނާ އެގޮތަށް ހުށަހެޅުއްވީ ބަޖެޓް ބަހުސް ބުދަ ދުވަހު ނިމޭނެތީ އެވެ. ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުއްވުން ފާސްކުރިއެވެ.
މި ނިންމުން ކޮމެޓީގައި އާއިރު ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދޭ ގޮތަށް މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ބަހުސް ކުރުން ކުރިޔަށް ގެންދާނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ބަހުސް ކުރަން ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހާއި އަންގަރާ ދުވަހާއި ބުދަ ދުވަހަށެވެ. ބަޖެޓްގެ ބަހުސަށް 21 ގަޑިއިރު ކަނޑައަޅާފައިވާއިރު ކޮމިޓީގެ ރިޕޯޓްގެ ބަހުސަށް ވެސް 12 ގަޑިއިރު ދޭނެ އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވަނީ 37.4 މިލިއަން ރުފިޔާއެވެ. އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާއެވެ.