
މޮބައިލް ބޭންކިންގ އެޕަށް ނުވަދެވޭ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން - ބީއެމްއެލް
# ބީއެމްއެލް1653281678 copy
ބޭންކް އޮފް މޯލްޑިވްސް މޯބައިލް ބޭންކިންގ އެޕަށް ވަނުމުގައި ދިމާވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެބެންކުން ބުނެފިއެެވެ.

ބީއެމްއެލްއިން ބުނީ، އެ ބެންކުގެ މޮބައިލް ބޭންކިންގ އެޕްލިކޭޝަންގައި 2 ފެކްޓަރ އޮތެންޓިކޭޝަން ތައާރަފްކުރުމާއެކު، ކަސްޓަމަރުންގެ އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް އަދި ޕާސްވޯޑް ބޭނުންކޮށްގެން އަލުން ލޮގިން ވާންޖެހޭ ކަމަށެވެ. އަދި ކާމިޔާބުކަމާއެކު ލޮގިންވެވޭ ކަސްޓަމަރުންނަށް މޮބައިލް ބޭންކިންގައި މިހާރު 2 ފެކްޓާ އޮތެންޓިފިކޭޝަން ފީޗަރ ބޭނުންކުރެވޭނެ ކަމަށެވެ.
އެހެން ނަމަވެސް ބައެއް ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ ގެ ޔޫސަރ ނޭމް އަދި ޕާސްވޯޑް ހަނދާން ނެތިވުމުގު ސަބަބުން ލޮގިން ނުވެވޭކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެޕަށް ދިމާވި މައްސަލައަކާ ގުޅިގެން މިވަގުތު ކަސްޓަމަރުންނަށް އިންޓަރނެޓް މޮބައިލް ބޭންކިންގ ޕާސްވޯޑް ރިސެޓް ނުކުރެވޭ ކަމަށެވެ.
ބީއެމްއެލްއިން ބުނީ، އެކަން ހައްލުކުރުމުގެ މަސައްކަތް އެ ބޭންކުގެ ޓެކްނިކަލް ޓީމުން މިހާރު ކުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދޭ ކަމަށެވެ.
ބީއެމްއެލް އިން ޓޫ-ފެކްޓަރ އޮތެންޓިކޭޝަން ތައާރަފް ކޮށްފައިމިވަނީ، މިފަހަކަށް އައިސް ގިނަ ބައެއްގެ އެކައުންޓުތައް ހެކްކޮށްގެން އެކައުންޓުން ގިނަ އަދަދެއްގެ ފައިސާތަކެއް ނަގާފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ލޮގިންވާ ފަރާތަކީ ރަޖިސްޓްރީ ވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައެވެ.
އެގޮތުން އެޕް އަޕްޓޭޑް ކުރުމާއެކު، ކަސްޓަމަރުންނަށް މޯބައިލް ބޭންކިންގ އެޕް އަށް ލޮގިން ވުމަށްފަހު، ލޮގިންވުމުގެ ދެވަނަ ދެވަނަ ސްޓެޕެއްގެ ގޮތުގައި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ޖަހަންޖެހޭނެއެވެ. ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރު ނުވަތަ އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށްވެސް އޯޓީޕީ ޖެނެރޭޓް ކުރެވޭނެއެވެ.
ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭންކުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން މާރިޗު 2023 ގައި، ބޭންކުންވަނީ ހުރިހާ ސްކޭން-ޓު-ޕޭ މުއާމަލާތްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖައްސައި، އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އަށް ލޮގިންވާ ކޮންމެ ފަހަރަކު އެލާރޓްސް ދާގޮތަށް ހަމަޖައްސައިފައެވެ.
މީގެ އިތުރުން ބީއެމްއެލްއިން ވަނީ އޮތެންޓިކޭޓަރ އެޕްތައް މެދުވެރިކޮށް އޯޓީޕީ ޖެނެރޭޓްކުރެވޭ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނެލްއެއްގެ ގޮތުން އީމެއިލް މެދުކަނޑާލައި އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވަންފަށާފައެވެ.
އެބޭންކުން ވަނީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު އެހެން ފަރާތަކާ ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި ވަރުގަދަ ޕާސްވޯޑް އެއް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި

ބީއެމްއެލްގެ ވިސާކާޑުން ވިޔަފާރިކޮށްގެން އާއިލާއާއެކު މެލޭޝިއާއަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް!

ބީއެމްއެލްއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާއަށް 497 މިލިއަން ރުފިޔާ!

ފަތުރުވެރިކަން ޕްރޮމޯޓުކުރާ ކެމްޕޭނެއް ހިންގުމަށް ބީއެމްއެލް އާއި އެމްއެމްޕީއާރްސީއާއި ދެމެދު އެއްބަސްވުމެއް!
