logoEN
Sto top
އިންތިޚާބަކާ ނުލައި 30 ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ

އިންތިޚާބަކާ ނުލައި 30 ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ

Admin

logo

2/16/2021, 9:15:36 PM

# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2021# އިލެކްޝަންސް ކޮމިޝަން

EC Shareef

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަ ކުރާ ކެނޑިޑޭޓުންގެ ތެރެއިން 30 ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

Wamco

އެކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް, އަހުމަދު ޝަރީފް ވިދާޅުވީ ދާއިރާތަކަށް ކުރިމަތިލި ބައެއް ކެނޑިޑޭޓުން ނަން ނެގުމުގެ ސަބަބުން ބައެއް ކެނޑިޑޭޓުންނަށް ގޮނޑި ކަށަވަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޓިކެޓުގައި ނުކުތް 22 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ކުރިމަތިލި 8 ކެނޑިޑޭޓަކު ހިމެނެ އެވެ. ޝަރީފް ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ކަށަވަރުވި 22 ގޮނޑީގެ ތެރެއިން 8 ގޮނޑިއަކީ ކައުންސިލްތަކުގެ ރައީސްކަމުގެ ގޮނޑިތަކެވެ.

ކައުންސިލްތަކުގެ ރައީސްކަން ކަށަވަރުވި ކެނޑިޑޭޓުން:

- ނ. މިލަދޫ ކައުންސިލްގެ ރައީސްކަމަށް އަބްދުލް މަޖީދު މުހައްމަދު ( އެމްޑީޕީ )

- ނ. މަގޫދޫ ކައުންސިލްގެ ރައީސްކަމަށް ފަތުހުއްﷲ ނަސީރު ( އެމްޑީޕީ )

- އއ. މާޅޮހު ކައުންސިލްގެ ރައީސްކަމަށް އިސްމާއިލް ނަސީރު ( އެމްޑީޕީ )

- ނ. މާފަރު ކައުންސިލްގެ ރައީސްކަމަށްް މުހައްމަދު އަދުނާނު ( އެމްޑީޕީ )

- ނ . ކުޑަފަރީ ކައުންސިލްގެ ރައީސްކަމަށް އަލީ ޝަމީމް މުހައްމަދު ( އެމްޑީޕީ)

- ދ. ރިނބިދޫ ކައުންސިލްގެ ރައީސްކަމަށް އަހްމަދު އިގްބާލު އަބްދުލްޤައްޔޫމް ( އެމްޑީޕީ )

- ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސްކަމަށް އަބްދުﷲ ޒާމިރު ( އެމްޑީޕީ )

- ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ޝިފާޤް ހުސެއިން ( އެމްޑީޕީ )

ކައުންސިލްތަކުގެ މެމްބަރުކަން ކަށަވަރުވި ކެނޑިޑޭޓުން:

މާލެ ސިޓީ ގަލޮޅު އުތުރު ދާއިރާ މެމްބަރުކަމަށް މުހައްމަދު ސައިފް ފާތިހް ( އެމްޑީޕީ)

ސ. ހުޅުދޫ ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ހުސެއިން ފައިޒުއް ރަހްމާން ( އެމްޑީޕީ)

ސ. ހިތަދޫ ހޮރުވަލުދާއިރާ ކައުންސިލް މެމްބަރުކަމަށް އިބްރާހިމް ޝީނާޒް ( އެމްޑީޕީ )

ހއ މޮޅަދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް އައިމިނަތު އަރޫޝާ ( އެމްޑީޕީ )

ވ. ރަކީދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް ސާދިޔާ އަބްދުލްމުހްސިން ( އެމްޑީޕީ )

މ. ދިއްގަރު ކައުންސިލްގެ މެމްބަރުކަމަށް އިސްމާއިލް މާހިދު ( އެމްޑީޕީ )

ތ. ކަނޑުދޫ ކައުންސިލްގެ ރައީސްކަމަށް އަހްމަދު ރީހާން ( އެމްޑީޕީ )

ސ. ހިތަދޫ ބޭރުމަތި ދާއިރާގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް މަރިޔަމް ސައީދާ ( އެމްޑީޕީ )

ނ. ކުޑަފަރީ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް ދިމްޝާ އަބްދުލްމަޖީދު ( އެމްޑީޕީ )

ނ. ކުޑަފަރީ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް ހުމާމު އުބްދުއްރަހީމް ( އެމްޑީޕީ )

އއ. ހިމަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް އަރޫޝާ އަބްދުﷲ ( އެމްޑީޕީ )

އއ. ހިމަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް ފާތިމަތު އަނޫޝާ އަހްމަދު ( އެމްޑީޕީ )

އއ . މާޅޮހު ކައުންސިލްގެ މެމްބަރުކަމަށް މުހައްމަދު ނާފިޒު ( އެމްޑީޕީ )

އއ . މާޅޮހު ކައުންސިލްގެ މެމްބަރުކަމަށް ފަޒީލް އަހްމަދު ( އެމްޑީޕީ )

އަމިއްލަ ގޮތުން ކުރިމަތިލައިގެން ގޮނޑި ކަށަވަރުވި ކެނޑިޑޭޓުން:

- ހއ ތުރާކުނު ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް ހުސްނާ އިބްރާހިމް ( އަމިއްލަ )

- ހއ ތުރާކުނު ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް މަރިޔަމް ފަރްޝާ ( އަމިއްލަ )

- ހއ މޮޅަދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް ސަފީނާ އަބްދުއްރަޝީދު ( އަމިއްލަ )

- އދ ހަންޏާމީދޫ ކައުންސިލްގެ މެމްބަރުކަމަށް ހަސަން އަޝްރަފް ( އަމިއްލަ )

- އދ ހަންޏާމީދޫ ކައުންސިލްގެ މެމްބަރުކަމަށް މުހައްމަދު ޝާފީ ( އަމިއްލަ )

- ވ. ރަކީދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް އައިމިނަތު ޝީޒާ ( އަމިއްލަ )

- މ. ދިއްގަރު ކައުންސިލްގެ މެމްބަރުކަމަށް އިބްރާހިމް ހަލީލް ( އަމިއްލަ )

- އއ. ބޮޑުފުޅަދޫ ކައުންސިލް ރައީސްކަމަށް ސުޖާއު އާދަމް ( އަމިއްލަ )

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside