
ކޮންމެ ރިސޯޓެއްގައި ވޯޓު ފޮއްޓެއް ބަހައްޓަން ނިންމައިފި
# ލޯކަލް ކައުންސިލް އިންތިޚާބު# އިލެކްޝަން ކޮމިޝަންރިސޯޓް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރިސޯޓުތަކުން އެދިއްޖެ ހިނދެއްގައި، ކޮންމެ ރިސޯޓެއްގައިވެސް ވޯޓު ފޮއްޓެއް ބަހައްޓަން ނިންމައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިން ތަކާއި އެއްގޮތައް ރިސޯޓްތަކުގައި އުޅުއްވާ ބޭފުޅުންނަށް އެހެން ރަށަކަށް ދަތުރުކޮށް ވޯޓުލާނެ ފުރުސަތު ނުދެވޭނެތީ، ރިސޯޓުތަކުން އެދިއްޖެ ހިނދެއްގައި ކިތަންމެ މީހުން މަދުވިޔަސް އެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ.
"ރިސޯޓުން އެދިއްޖެ ހިނދެއްގައި، ކިތަންމެ މީހުން މަދުވިޔަސް އަޅުގަނޑުމެން އެ ރިސޯޓެއްގައި ވޯޓު ފޮއްޓެއް ބަހައްޓައިދޭނަން" - ޝަރީފް ވިދާޅުވިއެވެ.
ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.
ގުޅުންހުރި

ރެކޯޑު ސާފުކުރުމުގެ ފޯމުތައް ހުށަހަޅަންވާނީ، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމުން: އިލެކްޝަންސް

އަންނަ އަހަރު ބާއްވާ އިންތިޚާބަށް ހޭލުންތެރި ކުރުވުމަށް ޚާއްސަ ޕްރޮގްރާމުތަކެއް ހިންގަނީ

އައްޑޫ ވޯޓުގެ ވޯޓުފޮށިތައް ބަހައްޓާ ތަންތަން ޢާންމުކޮށްފި: މާލޭގައި ވޯޓުފޮށި ހުންނާނީ ކަލާފާނު ސްކޫލުގައި!





