logoEN
ކޮކާކޯލާ
ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އޭއެސްއެމްއެޗް އިން "އިހެމުން" ފަށައިފި

ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އޭއެސްއެމްއެޗް އިން "އިހެމުން" ފަށައިފި

# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް# ސިއްޙީ ދާއިރާ# ގދ. އަތޮޅު

msg194514166-111043

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) އާއި ގދ އަތޮޅުގެ ހުރިހާ ސިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން '' އިހެމުން '' ނަމުހައި ޙާއްސަ ކެމްޕޭނެއް އެ ހޮސްޕިޓަލުން މިއަދު އިފްތިތާހް ކޮށްފިއެވެ.

އަބުޅޯ

އެ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި "އިހެމުން" ކެމްޕެއިން" އަކީ ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކޮށް ބަލިމީހުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ޚިދުމަތް ލިބިގަތުމަށްޓަކައި ހޮސްޕިޓަލަށް ނުވަތަ މަރުކަޒަށް އަންނަ ބަލިމީހުންނާ ރައްޓެހިމާހައުލެއްގައި ހިނިތުންވުމާއި އޯގާތެރިކަމާއެކު ފޯރުކޮށްދޭ ޚިދުމަތަކަށް ބަދަލުކުރުމުގެ މަގްސަދުގައި ހިންގޭ ކެމްޕޭނެކެވެ.

މި ކެމްޕޭނު އިފްތިތާހުކޮށްފައިވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ގޯތި ތެރޭގައި މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑުގެ ޗެއަރ ޑރ ލައުޝާ މުޙައްމަދު އަދި ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަބްދުލް އަޒީޒް ރިފާއުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިފަދަ ޕްރޮގްރާމެއްގެ މުހިންމުކަން ފާހަގަ ކުރައްވައި ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަބްދުލް އަޒީޒް ރިފާއު ވިދާޅުވީ، ޚިދުމަތެއް ލިބިގަތުމަށްޓަކައި ހޮސްޕިޓަލަށް އަންނަ ބަލިމީހުންނާ ބައްދަލުކުރާގޮތް މިކެމްޕެއިންގެ ސަބަބުން ބަދަލުވެގެން ދާނެކަމަށާއި، ހިނިތުންވުމާއެކު ބަލިމީހުންނަށް ކިޔާ މަރުހަބާއިންވެސް ތަސައްވުރަށް ރަނގަޅު ބަދަލެއް ގެނެސްދޭނެ ކަމަށެވެ. އަދި ހޮސްޕިޓަލުގެ މުޅި ވެއްޓަކީވެސް ބަލިމީހުންނާ ރައްޓެހި، ބަލިމީހުންނަށް އޯގާތެރިކަމާއެކު އަޅާލާނެ މުވައްޒަފުންތަކެއް ތިބި ވެއްޓަކަށް ބަދަލުވެގެން ދިއުމުގެ ބާރަކަށް މިކެމްޕެއިން ވެގެންދާނެކަމަށްވެސް ރިފާއު ވިދާޅުވިއެވެ.

އޭއެސްއެމްއެޗްގެ އިތުރުން ގދ. އަތޮޅުގެ ހުރިހާ ސިއްހީ މަރުކަޒުތަކުގައިވެސް މި ކެމްޕެއިން މިއަދު ވަނީ އިފްތިތާހްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ