logoEN
cocacola
ވައިގެ ތެރޭގައި ސްރީލަންކަން އެއާލައިންގެ ބޯޓަކާއި ބްރިޓިޝް އެއާވޭސްގެ ބޯޓެއް ނުޖެހުނީ ކިރިޔާ

ވައިގެ ތެރޭގައި ސްރީލަންކަން އެއާލައިންގެ ބޯޓަކާއި ބްރިޓިޝް އެއާވޭސްގެ ބޯޓެއް ނުޖެހުނީ ކިރިޔާ

އަލްފާ އަލީ

logo

6/15/2022, 9:22:35 PM

# ސްރީލަންކަން އެއާލައިން

A330

އިނގިރޭސި ވިލާތުގެ ލަންޑަނުން ފުރައިގެން ސްރީ ލަންކާގެ ކޮލަމްބޯއަށް އިއްޔެ ދަތުރުކުރަމުން ދިޔަ ސްރީ ލަންކަން އެއާލައިންސް ފްލައިޓެއް ބްރިޓިޝް އެއާވޭސްގެ ފްލައިޓެއްގައި ނުޖެހި ކިރިޔާ ސަލާމަތްވެއްޖެ އެވެ.

ގޮސިޔާ

ސްރީލަންކާގެ ޑެއިލީ މިރަރ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގީ ސްރީލަންކަން އެއާލައިނުގެ ޔޫއެލް 504 ނަމްބަރު ފްލައިޓު ލަންޑަންގެ ހީތުރޯ އެއާޕޯޓުން 275 ފަސިންޖަރުންނާ އެކު ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ތުރުކީގެ ވައިގެ ސަރަހައްދުންނެވެ.

ތުރުކީގެ ވައިގެ ސަރަހައްދަށް ވަތް އިރު އެ ފްލައިޓު ދުއްވަމުން އައީ 33،000 ފޫޓު އުހުގައެވެ. ތުރުކީގެ އެއާޓްރެފިކް ކޮންޓްރޯލުން 35،000 ފޫޓް މައްޗަށް ފްލައިޓް އަރަން އެންގިއެވެ. ނަމަވެސް އޭރު ޔޫއެލްގެ ފްލައިޓާއި ދިމާ މަތިން ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް ދަތުރު ކުރާކަން ޔޫއެލްގެ ޕައިލެޓަށް އޮތީ ފާހަގަ ކުރެވިފައެވެ. އޭރު ދެފްލައިޓްގެ ދެމެދުގައި ހުރީ އެންމެ 15 މޭލުގެ ދުރުމިނެކެވެ.

ޔޫއެލްގެ ފްލައިޓް މައްޗަށް އަރަން އެންގުމުން އެފްލައިޓްގެ ޕައިލެޓް ވަނީ މަތީގައި ފްލައިޓެއް އޮތްކަން އެއާޓްރެފިކްގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި މަތީގައި ފްލައިޓެއް އޮތްތޯ ނުވަތަ ނެއްތޯ އިތުރަށް ކަށަވަރު ކޮށްދިނުމަށް ޕައިލެޓް އެދުނެވެ. ޔޫއެލްގެ ފްލައިޓް މައްޗަށް އަރަން ތުރުކީގެ އެއާޓްރެފިކުން އެންގީ ބްރިޓިޝް އެއާލައިންގެ ފްލައިޓް ތުރުކީގެ އެއާޓްރެފިކް ރާޑަރުން ފާހަގަ ނުކުރެވި އޮތުމުންނެވެ.

ޕައިލެޓް އެދުނު ގޮތައް އަލުން ޗެކް ކުރުމަށްފަހު އޭގެ މިނެޓެއް ފަހުން އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުން ވަނީ ފްލައިޓެއް ނެތްކަމަށް ފުރަތަމަ ބުނެފައެވެ. ނަމަވެސް އަނެއްކާވެސް އަލުން ޗެކް ކުރުމަށް ޕައިލެޓް އެދުމުން އޭގެ ދެތިން މިނެޓް ފަހުން ޓަވަރުން ބުނެފައި ވަނީ ޔޫއެލްގެ ފްލައިޓް މައްޗަށް ޖައްސަން ބުނި އުސްމިނުގައި އެހެން ފްލައިޓެއް ދަތުރު ކުރަމުންދާކަން ކަށަވަރު ކޮށްދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ