logoEN
cocacola
ސްރީލަންކަންގެ ދަތުރުތައް އަނެއްކާވެސް ގަމަށް ފަށަނީ

ސްރީލަންކަންގެ ދަތުރުތައް އަނެއްކާވެސް ގަމަށް ފަށަނީ

# ސްރީލަންކަން އެއާލައިން

D42DFA16-0846-4902-A483-F884724E1999

ސްރީ ލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިނުގެ ދަތުރުތައް އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަށަން ނިންމައިފިއެވެ.

ގޮސިޔާ

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ދެވަނަ ދުވަހުން ފެށިގެން ގަމަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ގަމުން ފުރާ މީހުންނަށް ލަންކާ މަގުން ގިނަ ސަރަހައްދުތަކަށް ދަތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މެދު އިރުމަތީގެ ގިނަ ގައުމުތަކަށް މިހާރުވެސް ކަނެކްޝަން ލިބޭނެ ކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

ސްރީލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް ގަމަށް ފެށުމަށް ތައްޔާރުވަމުން ދާއިރު، މިހާރުވެސް ޗާޓަރު ދަތުރުތަކެއް ސްރީލަންކަން އެއާލައިންސްއިން ގަމަށް ކުރެއެވެ. މިފްލައިޓުތަކުގައި ގިނައިން އަންނަނީ އިންޑިއާގެ ފަތުރުވެރިންނެވެ.

ސްރީލަންކަން އެއާލައިންސް މީގެ ކުރިންވެސް ގަމަށް ޝެޑިއުލް ދަތުރުތައް ވަނީ ކޮށްފައެވެ. އޭރު ހަފްތާއަކު ތިން ދަތުރު ކުރަމުން އައިސް ދަތުރު ހުއްޓާލީ ކޮވިޑް-19 ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދިޔަ ފިޔަވަޅުތަކާ އެކުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ