logoEN
cocacola
ސްރީލަންކަން އެއާލައިން ގަތުމަށް 6 ކުންފުންޏެއްގެ ޝައުގުވެރިކަން, އެއާ އޭޝިއާ ހިމެނޭ!

ސްރީލަންކަން އެއާލައިން ގަތުމަށް 6 ކުންފުންޏެއްގެ ޝައުގުވެރިކަން, އެއާ އޭޝިއާ ހިމެނޭ!

އަހުމަދު ޝުރާއު

logo

4/22/2024, 3:09:26 PM

# ސްރީލަންކަން އެއާލައިން

ސްރީލަންކަން އެއާލައިންސް އާއި އެއާ އޭޝިއާ

ލަންކާގެ ގައުމީ އެއާލައިން ވިއްކާލުމަށް ލަންކާ ސަރުކާރުން ނިންމުމާއި އެކު 6 ކުންފުންޏަކުން އެއާލައިން ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ގޮސިޔާ

ސްރީލަންކަން އެއާލައިންސްއަށް މައި ހިއްސާދާރަކު ހޯދުމަށް އިންވެސްޓަރުންގެ ކިބައިން ރިކުއެސްޓް ފޮރ ކޮލިފިކޭޝަން (އާރްއެފްކިއު) ހުށަހެޅުމަށް ލަންކާ ސަރުކާރުން ހުޅުވާލީ 31 އޮކްޓޯބަރ 2023 ގައި އެވެ. އެގޮތުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވީ 22 އޭޕްރީލް 2024 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 2:00 އަށެވެ.

ސުންގަޑި ހަމަވި އިރު 6 ކުންފުންޏަކުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައި އެވެ. އެކުންފުނި ތަކަކީ :

  • އެއާއޭޝިއާ ކޮންސަލްޓިން އެސްޑީއެން ބީއެޗްޑީ.
  • ދަރްޝާން އެލީޓް އިންވެސްޓްމަންޓް ހޯލްޑިން (ޕްރައިވެޓް) ލިމިޓެޑް
  • ފިޓްސް އޭވިއޭޝަން (ޕްރައިވެޓް) ލިމިޓެޑް
  • ޝެރީޝާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑް
  • ޓްރެޒަރ ރިޕަބްލިކް ގާޑިއަންސް ލިމިޓެޑް
  • ހެލީސް ޕީއެލްސީ

އާރްއެފްކިއުތައް އިވެލުއޭޓް ކުރުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހު ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ސްޓޭޓް އޯންޑް އެންޓަޕްރައިސަސްގެ ހާއްސަ ގައިޑްލައިންގައިވާ ގޮތުގެ މަތިން ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.

ޝައުގުވެރުކަން ހުށަހެޅި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފިޓްސް އެއާއަކީ މިހާރުވެސް ލަންކާގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް އެގައުމުގެ ގައުމީ އެއާލައިން ވިއްކާލަން ނިންމާފައިވާކަން ހާމަކުރީ ސްރީލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ