logoEN
cocacola
ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 34,700 އަށްވުރެ މައްޗަށް!

ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 34,700 އަށްވުރެ މައްޗަށް!

އަހުމަދު ޝުރާއު

logo

4/24/2024, 6:03:24 PM

# ޣައްޒާ

ޣައްޒާގެ މިއަދުގެ ހާލަތު

7 އޮކްޓޯބަރުން ފެށިގެން ޔަހޫދީ އިސްރާއީލުން ހުއްޓުމެއްނެތި ފަލަސްތީނުގެ ޣައްޒާއަށާއި ހުޅަނދު އައްސޭރީގައި ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ 34,700 އަށްވުރެ މައްޗަށް އަރައިފި އެވެ.

ގޮސިޔާ

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއާއި އިތުރު މަސްދަރުތަކުން އެއްކުރެވުނު މައުލޫމާތައް ރިޔާއަތްކޮށް އަލް ޖަޒީރާއިން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގޮތުގައި މިދިޔަ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި 34,262 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް 488 މީހުން ޝަހީދުވެފައިވާއިރު ހުޅަނގު އައްސޭރިއާއި ޣައްޒާ ހިމެނޭހެން ޖުމުލަ 34,750 މީހުން ވަނީ ޝަހީދުވެފައި އެވެ.

ޔަހޫދީން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 14,500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭކަމަށްވެސް ވަނީ ބުނެފައި އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން 77,229 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު ހުޅަނގު އައްސޭރީން 4,800 އަށްވުރެ މީހުން ވަނީ ޒަހަމްވެފައި އެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި 8،000 އަށްވުރެ ގިނަ މީހުން ވަޅުލެވިފައިވާ ކަމަށް ވެސް އަލްޖަޒީރާއިން ބުނެއެވެ،

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ