logoEN
cocacola
ސެނެޓުގައި ތަގުރީރުކުރުމަށް ފްރާންސަށް ޒިޔާރަތްކުރި ފަލަސްތީނު ޑޮކްޓަރަކަށް އެގައުމަށް އެތެރެވާން ހުރަސްއަޅައިފި

ސެނެޓުގައި ތަގުރީރުކުރުމަށް ފްރާންސަށް ޒިޔާރަތްކުރި ފަލަސްތީނު ޑޮކްޓަރަކަށް އެގައުމަށް އެތެރެވާން ހުރަސްއަޅައިފި

އަހުމަދު ޝުރާއު

logo

5/4/2024, 6:43:10 PM

# ޣައްޒާ

އަބޫ ސިއްތާ

ސެނެޓުގައި ތަގުރީރުކުރުމަށް ފްރާންސަށް ޒިޔާރަތްކުރި ފަލަސްތީނު ޑޮކްޓަރަކަށް އެގައުމަށް އެތެރެވާން ހުރަސްއަޅައިފި އެވެ.

ގޮސިޔާ

އިސްރާއީލުގެ ހަނގުރާމައިގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ޣައްޒާގައި 43 ދުވަސް ހޭދަކުރެއްވި ޑޮކްޓަރު ޣައްސާން އަބޫ ސިއްތާ ވިދާޅުވީ ސެނެޓުގައި ތަގުރީރު ކުރެއްވުމަށް ފްރާންސަށް ވަޑައިގަތުމުން އެގައުމަށް ވަނުމުގެ ފުރުސަތު ފްރާންސުގެ އިމިގްރޭޝަނުން ނުދިން ކަމަށެވެ.

"އަހަރެން މިހުރީ ޗާލްސް ޑި ގޯލް އެއާޕޯޓުގައި. ފްރާންސަށް ވަނުމަށް ހުރަސް އަޅަައިފި. އަޅުގަނޑު ފްރާންސަށް އައީ ސެނެޓްގައި ތަގުރީރުކުރުމަށް ދިން ދައުވަތެއްގައި،" ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އަބޫ-ސިއްތާ ހޮނިހިރު ދުވަހު ކުރެއްވި ޕޯސްޓެއްގައި ވެ އެވެ.

ޣައްސާން އަބޫ ސިއްތާ އަކީ ގްލާސްގޯ ޔުނިވާސިޓީގެ ރެކްޓާކަން ވެސް ކުރައްވާ އިނގިރޭސި-ފަލަސްތީނުގެ މަޝްހޫރު ޕްލާސްޓިކް ސާޖަން އެކެވެ.

އަބޫ ސިއްޓާ އެއާޕޯޓުގެ ހޯލްޑިން ޒޯނެއްގައި ބަހައްޓާފައި ވަނިކޮށް އޭނާ އެގައުމަށް އެތެރެކުރުމަށް މަސައްކަތް ކުރާނެ ކަމަށް ސެނެޓުގައި ވާހަކަ ދެއްކުމަށް ދައުވަތު ދެއްވި ގްރީން ޕާޓީގެ މެމްބަރެއް ކަމަށްވާ ފްރާންސްގެ ސެނެޓަރު ރޭމަންޑޭ ޕޮންސެޓް މޮންގޭ މިހާރު ވަނީ ވިދާޅުވި އެވެ.

ގްރީންސްގެ ސެނެޓް ގްރޫޕްގެ ރައީސް ގުއިލައުމް ގޮންޓާޑް ވަނީ އަބޫ-ސިއްތް އެތެރެވުން މަނާ ކުރަން ނިންމި ނިންމުމަކީ ވަރަށް ދެރަ ނިންމުމެއް ކަމަށް ސިފަކުރައްވައި، އެކަން އަނބުރާ ގެންދިއުމަށް ދާޚިލީ ވުޒާރާތަކާއި ޚާރިޖީ ވުޒާރާތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ޑޮކްޓަރު އަނބުރާ އިނގިރޭސިވިލާތަށް ފޮނުވާލާނެ ކަމަށް މިހާރު ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަބޫ-ސިއްތާ ސޯޝަލް ނެޓްވޯކްތަކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ފްރާންސަށް އެތެރެނުވެވުނީ ޖަރުމަނަށް އެތެރެވުން ޖަރުމަނުން އެއް އަހަރު ދުވަހަށް މަނާކުރުމުން ކަމަށެވެ. ޖަރުމަނުން މިދިޔަ މަހު އޭނާ އަށް ވަނުމަށް ދެކޮޅު ހެދި އިރު، ފްރާންސާއި ޖަރުމަނަކީ ޔޫރަޕްގެ ބޯޑަރު ފްރީ ޝެންގެން ޒޯންގައި ހިމެނޭ ދެ ގައުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ