logoEN
cocacola
ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ޣައްޒާއާއި އިސްރާއީލު ގުޅޭ އެރޭޒް ބޯޑަރު ހުޅުވާލާފައިފި

ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ޣައްޒާއާއި އިސްރާއީލު ގުޅޭ އެރޭޒް ބޯޑަރު ހުޅުވާލާފައިފި

އަހުމަދު ޝުރާއު

logo

5/1/2024, 5:51:06 PM

# ޣައްޒާ

ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ޣައްޒާއާއި އިސްރާއީލު ގުޅޭ ބޯޑަރެއް ކަމަށްވާ އެރޭޒް ބޯޑަރު ހުޅުވާލާފައިފި އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާގޮތުގައި މި ބޯޑަރު ހުޅުވާލާފައިވަނީ މިއަދުގެ މެންދުރުގެ ވަގުތުގައި އެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހަށްފަހު ފުރަތަމަ ފަހަރަށް 31 ޓްރަކް ހިމެނޭ އެހީގެ ގާފިލާއެއް ޣައްޒާގެ އުތުރުގެ އެރޭޒް ބޯޑަރު ހުރަސްކޮށް ބެއިޓް ހަނޫން [ޣައްޒާގެ ދުރު އުތުރުގައި] އަށް މިހާރު ވަނީ ވަދެފައި އެވެ.

މިއީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ދިން ހަމަލާގައި ހަލާކުވި ޣައްޒާއަށް އެހީތައް ވަންނަ މައި އެއް ބޯޑަރެވެ. މި ބޯޑަރު ހުޅުވަން އެންމެ ފުރަތަމަ މަސައްކަތް ކުރީ މިދިޔަ މަހުގެ ތެރޭގައި އެވެ. ބޯޑަރު ހުޅުވުނު އިރު ބޯޑަރާއި ކައިރި ސަރަހައްދު ތަކުގައި ތިބި އެތައް ބަޔަކު ވަނީ އެހީއަށް ބޭނުންވެފައި އެވެ.

ޖޯޑަންގެ ޕަބްލިކް ސަރވިސް މީޑިއާ އައުޓްލެޓް އަލް މަމްލަކާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި 31 ޓްރަކް ހިމެނޭ ޖޯޑަންގެ އެހީގެ ގާފިލާއެއް ޣައްޒާއަށް ވަދެފައިވަނީ އިޒްރޭލަށް އެރޭޒް ކްރޮސިންގެ ނަމުން ނަންދީފައިވާ ބެއިޓް ހަނޫން ކްރޮސިން މެދުވެރިކޮށެވެ.

އިޒްރޭލުގެ ކޯޑިނޭޝަން އެންޑް ލައިޒަން އެޑްމިނިސްޓްރޭޝަން ފޯ ޣައްޒާގެ ވެރިޔާ އާމީ ކާނަލް މޯޝޭ ޓެޓްރޯއާ ހަވާލާދީ ޓައިމްސް އޮފް އިޒްރޭލުން ބުނީ އުއްމީދަކީ ކޮންމެ ދުވަހަކު ވެސް އެ ކްރޮސިން ހުޅުވާފައި ހުރުން ކަމަށާއި އޭގެ ސަބަބުން ދުވާލެއްގެ މައްޗަށް ޣައްޒާއަށް އެތެރެވާ 500 އެހީގެ ޓްރަކްގެ ޓާގެޓަށް ވާސިލްވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ