logoEN
cocacola
ޣައްޒާގެ މިސްކިތަކަށް ޔަހޫދީ އިސްރާއީލުން ހަމަލާދީފި

ޣައްޒާގެ މިސްކިތަކަށް ޔަހޫދީ އިސްރާއީލުން ހަމަލާދީފި

އަހުމަދު ޝުރާއު

logo

5/4/2024, 2:13:52 PM

# ޣައްޒާ

ޣައްޒާގެ ޚާން ޔޫނުސްއާއި ކައިރި ސަރަހަދެއްގައި ހުރި މިސްކިތަކަށް ޔަހޫދީ ސިފައިން ހަމަލާދީފި އެވެ.

ގޮސިޔާ

އަލްޖަޒީރާއިން ދާދި ދެންމެ އަކު ރިޕޯޓްކުރި ގޮތުގައި ޚާން ޔޫނުސްގެ އިރުމަތީގައި އޮންނަ ފުޚާރީ އަވަށުގެ މިސްކިތަކަށް އިސްރާއީލު ސިފައިން ވަނީ ހަމަލާދީފަ އެވެ.

މީގެ އިތުރުން ޣައްޒާގެ މެދުތެރޭގެ އަލް މުޣުރާޤާ އާއި އަޒް ޒަހްރާ އަވަށްތަކަށްވެސް އިސްރާއީލުގެ އާޓިލަރީގެ ހަމަލާތައް އަމާޒުވެފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ހަމަލާތަކުގެ ސަބަބުން މީހުން މަރުވި ކަމެއް އަދި ސާފެއް ނުވެ އެވެ.

ހަމާސްއާއި ދެކޮޅަށް ދެމުން އަންނަ ކަމަށް ބުނާ ހަމަލާތަކުގައި ޔަހޫދީ އަސްކަރިއްޔާއިން ދަނީ ޣައްޒާގެ އެތަކެެއް މިސްކިތްތަކަކަށް އަމާޒުކޮށް ބޮޑެތި ހަމަލާތަކެއް ދެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ