logoEN
cocacola
ޔަހޫދީން ވައިގެމަގުން ދިން ހަމަލާއެއްގައި ޣައްޒާގެ އުމުރުން 12 އަހަރުގެ ކުއްޖަކާއި އޭނާގެ މަންމަ ޝަހީދުކޮށްލައިފި

ޔަހޫދީން ވައިގެމަގުން ދިން ހަމަލާއެއްގައި ޣައްޒާގެ އުމުރުން 12 އަހަރުގެ ކުއްޖަކާއި އޭނާގެ މަންމަ ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

4/24/2024, 5:57:50 PM

# ޣައްޒާ

ޣައްޒާގެ ހާލަތު

ޔަހޫދީ އިސްރާއިލުން ހުއްޓުމެއްނެތި ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން މިއަދު ވައިގެމަގުން ދިން ހަމަލާއެއްގައި ޣައްޒާގެ އުމުރުން 12 އަހަރުގެ ކުއްޖަކާއި އޭނާގެ މަންމަ ޝަހީދުކޮށްލައިފި އެވެ.

ގޮސިޔާ

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާ އިން ބުނީ އެ ދެ މީހުން ޝަހީދުވީ ޣައްޒާ ސިޓީގެ ހުޅަނގުގެ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ކަމަށެވެ.

ޝާޓީ (ބީޗް) ރެފިއުޖީ ކޭމްޕް ކައިރީގައި ހުންނަ ހާމިދު އާއިލާގެ ގެއަށް އިސްރާއީލުގެ ޖެޓްތަކުން ބޮން އެޅުމުގެ ސަބަބުން އަމްނާ ހާމިދާއި އޭނާގެ ދަރިފުޅު އުމުރުން 12 އަހަރުގެ މަހުދީ ޝަހީދުވުމުގެ އިތުރުން އިތުރު ހަ މީހަކު ޒަހަމްވެފައިވާ ކަމަށް ވަފާ އިން ބުންޏެވެ.

ޣައްޒާ ސިޓީގެ ހުޅަނގުން އޮންނަ އަލް ނަސްރު އަވަށުގެ ގެއަކަށް އިސްރާއީލު ސިފައިން ދިން ބޮމުގެ ހަމަލާތަކުގައި އިތުރު ތިން ރައްޔިތަކު ޝަހީދުވެ އެތައް ބަޔަކު މިއަދު ވަނީ ޒަހަމްވެފައި އެވެ.

އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސްގެ މާއާން އަދި އަލް މަވާސީ ސަރަހައްދުތަކަށް ވެސް ހަމަލާދީ ދެ މީހަކު ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމްކޮށްފައި ކަމަށް ވަފާ ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ