


.jpeg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)


FjMxqqOaMAAfwOz
ސްކޭމް ކޯލުތަކުގެ މައްސަލަތައް ހުއްޓުވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްކޭމް ކޯލްތަކުގެ ސަބަބުން ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށާއި އެ ގެއްލުންތަކުން ސަލާމަތްކުރުމަށް ގުޅުން ހުރި މުއައްސަސާތައް އެކުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ. އަދި އެކަމަށްޓަކައި އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ރައްޔިތުން ހޭލުންތެރިކުރުން ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިން ދަ މޯލްޑިވްސް ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް ސްކޭމްގެ 998 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ސްކޭމްތަކުން 23 މިލިއަނެއްހައި ރުފިޔާގެ ގެއްލުން އެކި ފަރާތްތަކަށްވެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.



.jpeg?w=3840&q=75)
.jpg?w=3840&q=75)