

.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

.jpg?w=3840&q=75)


311502529_531690098784269_2908356985780078526_n
މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ސިޓީ ހިތަދޫން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީގައި ކުރިއަށްގެންދާ ހާއްސަ އޮޮޕަރޭޝަން ގައި 2022 އޮކްޓޯބަރ 25 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން ހިތަދޫގެ 02 ގެ އެއް ބަލާ ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 09 ރަބަރު ޕެކެޓާއި 02 ސެލޯފިން ކޮޅު ވަނީ ފެނިފައިވާކަމަށެވެ.
މިމައްސަލައާ ގުޅިގެން އުމުރުން 36 އަހަރުގެ ފިރިހެނެއް ހިތަދޫއިން ހައްޔަރުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހިތަދޫ މެޖިސްޓްރޭޓްކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.


.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)