






.jpg?w=3840&q=75)

ރާއްޖޭގެ މުވާސަލަތީ ހިދުމަތުގެ މައި ކުންފުނި،. ދިވެހި ރާއްޖޭގެ ގުޅުން ( ދިރާގު ) އާއި ސަރުކާރުގެ ފެން ކުންފުނި މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ވިއްކައިލި ހިއްސާތައް ސަރުކާރަށް އަނބުރާ ގަންނަން ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ.
ރައީސް ވިދާޅުވީ ވިދާޅުވީ، ސަރުކާރުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ކުރަން ނިންމާފައިވަނީ ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 ޕަސެންޓަށް އިތުރުކޮށް، ކުންފުނީގެ މެޖޯރިޓީ ކޮންޓްރޯލް އަލުން ހޯދުން ކަމަށެވެ.
އެއީ ކުރީގެ އެމްޑީޕީ ސަރުކާރުން ވިއްކައިލި ހިއްސާތަކެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެއީ ދައުލަތުގެ ވަރަށް ބޮޑު ހަރުމުދަލެއް ކަމަށާއި މި ބަދަލަކީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށެވެ.
އަދި ދިރާގުގެ 50 އިންސައްތައަށްވުރެ ބޮޑު ކޮންޓްރޯލެއް ސަރުކާރަށް އަނބުރާ ހޯދުމުގެ ޢަމަލީ މަސައްކަތްތައް މިހާރު ފެށިގެން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑަބްލިއުއެސްސީން މީގެ ކުރިން ވިއްކައިލި 20 ޕަސެންޓް ހިއްސާ ސަރުކާރަށް އަނބުރާ ގަނެ، އެ ކުންފުންޏަކީ ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ، ސައްތައިން ސައްތަ ސަރުކާރުގެ ކުންފުންޏަކަށް އަލުން ބަދަލުކުރުމަށް ނިންމާފައިވާކަންވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.








