
ރާއްޖޭގެ އަންހެން ނެޓްބޯޅަ ޓީމު މުބާރާތައް ފުރުމުގެ ކުރިން.. ފޮޓޯ: ނެޓްބޯޅަ އެސޯސިއޭޝަން
ހޮންކޮންގައި މިހާރު ކުރިއަށް އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް މިއަދު އިންޑިޔާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 60-41 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ރާއްޖެއިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
8 އޮގަސްޓް 2026 އިން 15 އޮގަސްޓް 2026 ނިޔަލަށް ހޮންކޮންގެ ކައި ޓަކް އެރީނާ (ސްޕޯޓްސް ހޯލް) ގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު 11 ގައުމަކުން ވާދަކުރަމުން އަންނައިރު، ރާއްޖެ ކުޅުނު ފުރަތަމަ ދެމެޗުން ދިވެހި ޓީމު ވަނީ ބަލިވެފައެވެ
އެގޮތުން ފުރަތަމަ މެޗުގައި 78-32 ގެ ނަތީޖާއަކުން މެލޭޝިއާ އަތުން ދިވެހި ޓީމު ބަލިވިއިރު، ދެވަނަ މެޗުގައި ސިންގަޕޫރާއި ވާދަކޮށް ދިވެހި ޓީމު ބަލިވީ 81- 19 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގައި ދިވެހި ޓީމަށް ކުރިއަށް އޮތީ މިމަހުގެ 11 ވަނަ ދުވަހު ހޮންކޮން އާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން މިމަހުގެ 12 ވަނަ ދުވަހު ސްރީލަންކާ އާއި ދެކޮޅަށް ކުޅޭ މެޗެވެ.
















