.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

ޑެނީ އޮލްމޯ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ސްޕެނިޝް ލަލީގާއި ރޭ ރަށުން ބޭރުގައި އެސްޕަންޔޯލް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެމްޕިއަން ބާސެލޯނާ އިން ތާވަލުގެ ކުރީގައި ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ވިލަރެއާލް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު. ލީގުގައި އެސްޕަންޔޯލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން އެތްލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެސް ބާސެލޯނާ އިންނެވެ.
މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް، ކައުންޓާ އެޓޭކުތަކުގައި އެސްޕަންޔޯލް އިން ވަނީ ބާސެލޯނާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި މިމެޗުގައި ބާސެލޯނާގެ ކީޕަރު ޖޯން ގާސިއާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެސްޕަންޔޯލް އިން ފޮނުވާލި ނުރައްކާތެރި ހަ ހަމަލާއެއް އޭނާ ވަނީ ދިފާއުކޮށްފައެވެ.
ބާސެލޯނާ އިން މެޗުގެ ލީޑުހޯދި ލަނޑު ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައި ފާމިން ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑެނީ އޮލްމޯ ކާމިޔާބުކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ރޮބަޓް ލެވަންޑޮސްކީ ކާމިޔާބުކުރީ ވެސް ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފާމިން ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 19 މެޗުން ބާސެލޯނާއަށް 49 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އެސްޕަންޔޯލް އިން ލީގުގައި ކުޅުނު 18 މެޗުން ހޯދި 33 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
.jpeg?w=3840&q=75)





.jpg?w=3840&q=75)
.jpg?w=3840&q=75)