.webp?w=3840&q=75)
--
ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުގެ އަވަށަކަށް އިޒްރޭލުން ދިން ހަމަލާއާއާއިއެކު އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ރަޝިޔާއިން ތުހުމަތުކޮށްފި އެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ދައުލަތުގެ ނޫސް އެޖެންސީތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު ކަމެއް ކަމަށެވެ.
ރަޝިޔާ ވެގެން ގޮސްފައިވަނީ ޔަހޫދީން މެދު އިރުމަތީގައި ހިންގަމުން އަންނަ ލާއިންސާނީ އަދި ބައިނަލަގްވާމީ ގާނޫނު ތަކާއި ހިލާފު ކަންކަމަށް އެންމެ ބޮޑަށް ފާޑު ކިޔަމުން އަންނަ ދުނިޔޭގެ ބާރެވެ.
ރަޝިއާއިން މިފަދައިން ބުނި އިރު ލުބުނާނުގެ ބެއިރޫތަށް ދިން ހަމަލާއާއި އެކު އެމައްސަލަ އދ އަށް ހުށަހަޅާނެ ކަން ލުބުނާނު ސަރުކާރުން ވެސް ވަނީ ހާމަކޮށްފައެވެ.
ޔަހޫދީން ބެއިރޫތުގެ ދެކުނުގެ ސަރަހައްދަށް މިއަދު ހަމަލާދިނީ ހިޒްބުاللهގެ އިސް އެޑްވައިޒަރު ފުއާދު ޝުކުރު އަވަހާރަކޮށްލަންށެވެ. ނަމަވެސް މި ހަމަލާއިން ފުއާދު ސަލާމަތްވެފައިވާކަން ހިޒްބުالله ގެ އިސް އޮފިޝަލަކު މިހާރު ވަނީ ރޮއެޓާސްއަށް ކަށަވަރުކޮށްދީފައި އެވެ.
ޔަހޫދީން ބުނާގޮތުގައި ފުއާދު ޝުކުރު އަކީ ދާދި ފަހުން ޔަހޫދީން ހިފާފައިވާ ގޮލަން ހައިޓްސް އަށް ހަމަލާދިނުމުގެ ފަހަތުގައި ހުރި ހިޒްބުالله ގެ ކޮމާންޑަރެވެ. ނަމަވެސް ހިޒްބުالله އިން އަންނަނީ ގޮލަން ހައިޓްސްއަށް ހަމަލާނުދޭކަން ތަކުރާކުކޮށް ބުނަމުންނެވެ.















