logoEN
cocacola
ފެރިދޫ އަދި ނާވައިދޫ ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ފެރިދޫ އަދި ނާވައިދޫ ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އަލްފާ އަލީ

logo

1/16/2023, 3:30:45 PM

# އެމްޓީސީސީ# ހދ. ނައިވާދޫ# އއ. ފެރިދޫ

WhatsApp-Image-2023-01-16-at-13.36.24

އއ. ފެރިދޫ އަދި ހދ. ނާވައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ގޮސިޔާ

ފެރިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 50.8 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި، އައު ބަނދަރު ފުން ކުރުމާއި، ނެރު ފުންކުރުމާއި، ބްރޭކްވޯޓަރ ޖެހުމާއި، ސޭންޑްފިލް ބްރޭކްވޯޓާ ޖެހުމާއި، ރިވެޓްމެންޓް ޖެހުމުގެ އިތުރުން ސްކޯރިން އެޕްރޮން ޖެހުމާއި، މޫރިންގ ރިންގް ހަރުކުރުމާއި، މަގު ބައްތި އަދި ޕޭމަންޓް ހެދުން ހިމެނެއެވެ.

ނާވައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 51.3 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުން، އައު ބަނދަރު ފުން ކުރުން، ނެރު ފުން ކުރުން، 290 މީޓަރ ބްރޭކްވޯޓަރ ޖެހުން، 10 މީޓަރ ސަބްމާޖް ބްރޭކްވޯޓަރ ޖެހުން، 25 މީޓަރ ގުރޯއިން ޖެހުން، 73.3 މީޓަރ ރިވެޓްމެންޓް ޖެހުން، 231 މީޓަރ އެއްގަމު ތޮށި ޖެހުން، 231 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން، 62 މރިންގ ރިންގް ހަރުކުރުން އަދި ރޭންޕެއް ހެދުން، ކޮންކްރީޓް ޖެޓީއެއް ހެދުން، މަގު ބައްތި ހަރުކުރުން އަދި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ