
crop-1245247
މިރޭ ކުޅެވޭ ވޯލްޑްކަޕް ފައިނަލްގައި 3-1 ފުރާންސް މޮޅުވާނެ ކަމަށް ލަފާކުރެވޭކަމަށާއި އަދި މިމެޗުގައި ފްރާންސް ތަރި އެމްބާޕޭގެ ފަރާތުން 2 ގޯލް ފެނިގެން ދާނެކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫސްވެރިޔާ ޕިއާސް މޯގަން ބުނެފިއެވެ.

ވޯލްޑް ކަޕް ޗެންޕިއަންކަން 2 ފަހަރު ހޯދާފައިވާ އާޖެންޓީނާ މިފަހަރުގެ މުބާރާތުގެ ފައިނަލުން ފުރުސތު ހޯދީ ސެމީ ފައިނަލްގައި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ ފާސޭހަކަމާއެކު 3-0 ން ބަލިކުރުމަށް ފަހުގަައެވެ. އަދި އެންމެ ފަހުގެ ޗެންޕިއަން ފުރާންސް މުބާރާތުގެ ފައިނަލުން ޖާގަހޯދީ މި މުބާރާތުގެ ސަޕްރައިޒިން ޓީމެއްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދި މޮރޮކޯ 2-0 ން ބަލިކުރުމަށް ފަހުގައެވެ.
މިރޭގެ ފައިނަލް މެޗާއި ބެހޭގޮތުން ކުރި ޓްވީޓެއްގައި މޯގަން އިތުރަށް ބުނެފައިވަނީ މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވޭނީ ގްރީޒްމަން ކަމަށާއި މެޗަށް ހަފު މެސީ ރޯތަން ފެނިގެން ދާނެކަމަށެވެ.