logoEN
ކޮކާކޯލާ
ރޮނާލްޑޯއާއި ބެހޭގޮތުން މިޑިއާތަކުން ގިނައިން ފަތުރަނީ ދޮގު ޚަބަރު

ރޮނާލްޑޯއާއި ބެހޭގޮތުން މިޑިއާތަކުން ގިނައިން ފަތުރަނީ ދޮގު ޚަބަރު

ހަސަން ޝަމްއޫން

logo

12/9/2022, 7:41:42 PM

# ކުރިސްޓިއާނޯ ރޮނާލްޑޯ

188538_174

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ ކާކުހޭ އަހައިފިނަމަ ދެބަސްވުންތަކެއް އުފެދިދާނެއެވެ. ނަމަވެސް ދުނިޔޭގެ އެންމެ މަގުބޫލް ކުޅިވަރު ކުޅުންތެރިއަކީ ކާކުހޭ އަހައިފިނަމަ އޭގެ ޖަވާބަކީ އެއްވެސް ޝައްކެއްނެތި މިވަގުތު އިންސްޓަގްރާމްގައިި 510 މިލިއަން ފޮލޯވަރުން ތިބި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

އަބުޅޯ

މިއާއެކު ކޮންމެ ދުވަހަު ރޮނާލްޑޯއާއި ބެހޭގޮތުން ތަފާތު ގިނަ ޚަބަރުތައް މީޑިއާގައި ފެތުރެއެވެ. ރޮނާލްޑޯގެ ކޮންމެ ހަރަކާތެއް މީޑިއާތަކުން ފޮލޯކުރެއެވެ. އޭގެ ކުޑަކުޑަ މިސާލާކީ ވޯލްޑްކަޕް ދެވަނަ ބުރުގައި ޕޯޗުގަލް ސްވިޒަލޭންޑާއި ވަދަކުރި މެޗު ފެށުމުގެ ކުރިން ދެޓީމު ކުޅުންތެރިން ދަނުމަތީ ޓީމު ފޮޓޯއަށް ހުއްޓިގެންތިބިއިރު ގިނަ ކެމެރާމަންގެ، ކެމެރާގެ ލެންސް އަމާޒުވެފައި ހިރީ ޕޯޗުގަލްގެ ބެންޗަށެވެ. އެމެޗުގައި ރޮނާލްޑޯ އިނީ ބެންޗުގައެވެ.

undefined

ޖެހިގެން އައި ދުވަހު ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބެއިންދުމުން އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ޓީމު ދޫކޮށް އެނބުރި ގައުމަށް ދާނެ ކަމަށް ބުނެ، ހަޅުތާލެއް ކުރިއޭބުނެ މީޑިއާގައި ހަބަރު ފެތުރިއެވެ. ނަމަވެސް އެއީ ދޮގު ޚަބަރެކެވެ. ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ވެސް އެވާހަކަ ދޮގުކޮށްފި އެވެ.

ސްވިޒަލެންޑް މެޗަށް ފަހު ރޮނާލްޑޯ ވަނީ ޓީމުގެ ކުޅުންތެރިންނާ އެކު ސަޕޯޓަރުން ހޭދަކުރި ވަގުތު ކޮޅުގެ ކުރިން ޗޭންޖިން ރޫމަށް ގޮސްފަ އެވެ. މިއާއެކު ބައެއް މިޑިއާތަކުން ރޮނާލްޑޯ، 37، ފުރަތަމަ އެގާރަ އަށް ނާރާނަމަ އެނބުރި ގައުމަށް ދާނެ ކަމަށް ބުނެ، ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް އާއި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނަށް އަންގާފައިވާ ކަމަށްބުނެ ޚަބަރު ފެތުރިއެވެ.

undefined

ނަމަވެސް މި ވާހަކަތައް ވެސް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު ވަނީ ދޮގުކޮށްފަ އެވެ. ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރޮނާލްޑޯ އެ ފަދަ ވާހަކައެއް ދައްކައި، ނުވާކަމަށާއި އެއީ ޕޯޗުގަލް ޓީމު ބައިބައި ކޮއްލުމަށް ބަޔަކުމީހުން ފަތުރާގެން އުޅޭ ދޮގު ޚަބަރެއް ކަމަށެވެ.

"ކޮންމެ ދުވަހުވަހަކު ރޮނާލްޑޯ އެ އަންނަނީ ޓީމު ލީޑުކުރުމުގައި ގައުމަށްޓަކައި މުހިންމު ހިދުމަތްތަކެއް ކުރަމުން" ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އެފަދަ ދޮގު ޚަބަރު ފަތުރާ މީޑިއާތަކަށް ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުގެ ބަޔާނުގައި ވަނީ އިލްތިމާސް ކޮއްފައެވެ.

މިގެ އިތުރުން ވެސް ރޮނލްާޑޯއާއި ބެހޭގޮތުން ކޮންމެ ދުވަހަކު ތަފާތު އެތަކެއް ދޮގު ޚަބަރުތަކެއް ފަތުރައެވެ. އޭގެތެރޭގައި މިދުސްކޮޅު އެކި އެކި ކުލަބުތަކާއި ގުޅުވައި ޚަބަރު ފަތުރައެވެ. މިވަގުތު ފްރީ އެޖެންޑެއްގެ ގޮތުގައި ހުރި ރޮނާލްޑޯގެ މުސްތަގުބަލާ މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށް ރޮނާލްޑޯ ބުނެފައިވާއިރު ރޮނާލްޑް ކުޅޭނެ ކުލަބެއް ހާމާކުރާނީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތައް ފަހުގައެވެ.

ކުއާޓާ ފައިނަލުގައި ޕޯޗުގަލް އިން ހޮނިހިރު ދުވަހުގެރޭ މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗަގައި ރޮނާލްޑޯ ފުރަތަމަ އެގާރައިން ފެނިދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުންވޕޯޗުގަލްގެ ކޯޗު ސަންޓޯސް ބުނީ، "ފުރަތަމަ އެގާރައަށް އަރާކުޅުންތެރިން ނިންމާނީ އެންމެ ފަހުގެ ފަރިތަކުރުން ތަކަށް ފަހު" ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ