logoEN
ކޮކާކޯލާ
އާއިލާ މީހުން ފެންނަ މޫސުން ޖެހުނީ!

އާއިލާ މީހުން ފެންނަ މޫސުން ޖެހުނީ!

ހުސައިން އަހްމަދު

logo

11/14/2020, 7:50:19 PM

# އާއިލާ

625642-gettyimages-1224770970

ދިވެހި ރާއްޖޭގައި އޮންނަނީ ދެމޫސުމެވެ. ނަމަވެސް ދޭތެެރެ ދޭތެރެއިން އާއިލީ މީހުން ފެންނަ މޫސުމެއް އަންނަ ކަމަށް ގިނަބަޔަކު ތުންތުން މަތިން ކިޔާ އަޑުއިވެއެެވެ. މިދުވަސް ކޮޅަކީ އަނެއްކާވެސް މި އަޑުތައް ގަދަވަމުން އަންނަ ދުވަސްކޮޅެކެެވެެ. އާއިލާމީހުން ފެެންނަ މޫސުން އަންނަކަން މި މޫސުމާ ބެެހޭ އިދާރާއިން އާންމުކޮށް އިއުލާން ކުރީ ދާދި އިހަކަށް ދުވަހުއެެވެ. މި މޫސުމުގެ ކޮޅިގަނޑު އެންމެެ ގަދަވާނީ އަންނަ އަހަރު މާރިޗް މަހުގައި ކަމައް މިމޫސުމާ ބެހޭ އިދާރާއިން ވަނީ އާންމުކޮށް އިއުލާން ކޮއްފައެވެ.

އަބުޅޯ

ތެެދެކެވެ، ކިތައްމެ ދުރުގައި ތިއްބަސް މަގުމަތިން ކުރިކަޑާލާއިރު ބަހެއް ބުނެލަން ވަގުތު ނުލިބުނަސް ކަމަކާ ކުރިމަތިލާން ޖެހުމުން އެންމެ އަވަހައް ހަނދާންވަނީ އާއިލާގެ މީހުން މަތިންނެެވެ. ކަންވާނީވެސް އެހެެންނެވެ. ގިނަ ބަޔަކު އެއްވެގެން ކުރާ ކަމެއް ނަމަ ފުރަތަމަ ކޮންމެ މީހަކުވެސް ބަލާނީ އާއިލާމީހުން ތިބިތަނެކެވެެ. އެއްރަށެއްގައި ދިރިއުޅެނީ ގިނަފަހަރު 2 ނުވަތަ 3 އާއިލާ އެވެ. މި ފަހަކަށް އައިސް ދިވެެހިންގެެ ދިރިއުޅުން ހުންނަ ގޮތުން އާއިލާ މީހުން ތިބި ތަނެ ގިނަފަހަރު ބަލާ ލެވެެނީ ބޮޑު ކަމަކު ޖެހުނީމައެެވެ. ކޮންމެެ ޒުވާނެއްވެސް ޒަވާޖީހަޔާތެއް ފެއްޓުމަށް ފަހު ބަލަނީ ދިރިއުޅުން ވަކި ކުރެެވޭތޯއެވެެ. އިހުޒަމާނުގަ އޮންނަ އާއިލީ ގުޅުމާ އެކުވެރި ކަމާއި އަހުވަންތަ ކަން މިހާރު އެއްކޮށް ނެެތި ގޮސްފިއޭވެސް ބުނެެވިދާނެއެވެެ.

ގިނަ ފަހަރު އާއިލީ މޫސުމުގަ އާއިލާމީހާ ކައިރިޔަށްދާ މީހާއަށްވެސް ދެނީ ހޫނު ރައްދެކެވެ. ވާނީވެސް އެހެންނެވެ. ދުވަހަކު ލޮލަށް ނުފެންނަ މީހަކުވެސް އައިސް ގޮވާލަނީ ކޮއްކޯ ނޫނީ ދައްތާއެވެ. ނުދަންނަ ބަޔަކު ގަބޫލުކުރަން ދަތިވެދާނެެއެވެ. ނަމަވެެސް އާއިލީ ގުޅުން ރަނގަޅު ކުރަން ލިބޭ ކޮންމެ ފުރުސަތަކީ ބޭނުން ހިފަން ވާނެ ފުރުސަތެކެެވެ.

މި ފެށިގެެން އުޅޭކަމަށް ބުނާ އާއިލީ މޫސުމަކީ އާއިލީ ގުޅުން ރަނގަޅުކޮއްލަން ލިބޭ ފުރުސަތެކެެވެ. މިއަދު ކަމަކު ޖެހިގެން ތީބާ ކައިރިޔަށް އަންނަ ތިބާގެ އާއިލީ މިތުރުގެ ކައިރިޔަށް މާދަން ތިބާ ދާންޖެހިދާނެކަން ވިސްނާލުން ރަނގަޅެވެ. މިއަދު އެ ދިއްކޮށްލާ އަތުގައި ހިފައިފި ނަމަ މާދަން ތިބާ ކުރަން ޖެހޭ މަސައްކަތުގެ ބޮޑުބައި އެނިމުނީއެެވެެ. އަޅުގަނޑުމެެން އިންސާނުން ދުނިޔޭގަ ލައްވާފައި ވަނީ އެކަކު އަނެކަކުގެެ އެހީއާއި މަދަދަށް އެދެެން ޖެެހޭފަދަ "މެެކޭނިޒަމެއްގެ" ތެރެއިންނެވެ. ދެރަކަމަކީ މިކަން އިހުސާސްވަނީ ކަމަކަށްޖެެހޭ ހިސާބުން ކަމައް ވާތީއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ