logoEN
Sto top
ދިވެހި ފޮރެކްސް ޓްރޭޑަރުންގެ ވާހަކަ!

ދިވެހި ފޮރެކްސް ޓްރޭޑަރުންގެ ވާހަކަ!

ހުސައިން އަހްމަދު

logo

11/14/2020, 9:37:50 AM

# ޓްރޭޑިން

Mobile-Trading-1

ފޮރެެކްސް ޓްރޭޑިން އަކީ ފަހަކަށް އައިސް ދިވެެހި ޒުވާނުންތެެރޭޭ ވަރަށް މަޤްބޫލް ވިޔަފާރިއެކެވެ. ކާމިޔާބު ކަމާއިއެކު ޓްރޭޭޑް ކުރާ މީހުންވެސް މަދެއް ނޫނެވެ.ނަމަވެެސް ގިނަމީހުންނަށް ދިމާވަނީ މުޅިން އެހެެން ގޮތެެކެވެ. ކޮންމެެވެެސް ރައްޓެެއްސެެއްގެ ފަރާތުން ނުވަތަ ސޯޝިއަލް މީޑިއާއިން ލިބޭ މައުލޫމާތަކަށް ބުރަވެ އަވަސްވެެ ގައްނަނީ ޓްރޭޭޑިން އެކައުންޓެއް ހެދުމަށެވެ. ވާނީވެސް އެހެެންތާއެެވެ. އަޑުއިވެނީ ބޯކޮށް ޑޮލަރު ހޯދާވާހަކައެވެެ. ފެެންނަނީ ހާހުން ޑޮލަރު ނަގާފަ ހުންނަ ފޮޓޯތަކެވެ. ދެރަކަމަކީ ގިނަ ފަހަރު ޓްރޭޑިންގ ގެ ވާނުވާ އިގޭއިރު މި ހުންނަނީ އަތުން ދެެތިން ހާސް ޑޮލަރު ގޮސްފައެެވެ. ކޮއްލަން އޮތީ އެންމެ ސުވާލެކެެވެ. ފޮރެކްސް ޓްރޭޑިންގ އަކީ ތިހާ ފަސޭހަ ވިޔަފާރިޔެެއް ނަމަ ކާމިޔާބުވާ މީހުންގެ ނިސްބަތަކީ %5 ކަމަށް ކަމާއިބެެހޭ އިދާރާތަކުން ނެރެެފަ ހުރި ތަފާސްހިސާބުތައް ދައްކަނީ ކީއްވެެތޯއެވެ?

Wamco

ދަންނާށެވެ. އެއްވެސް ކަމެއްގަ ކާމިޔާބު ބޭނުންވާ ނަމަ އެކަމެއްގެ އިލްމު ފުރިހަމަޔަށް އުގެެނުމަކީ ކޮންމެެހެން މުހިންމު ކަމެެކެވެެ. ވިޔަފާރިޔެއް ކުރާނަމަ އެކަމަށް އެކަށޭނެ ވިޔަފާރި ޕްލޭޭނެއް އޮންނަންވާނެެއެވެ.

ރާސްލާފަ 100$ އެކައުންޓަށް އެޅުމަށްފަހު ލެވަރޭޖް ތިޔަ ސެޓްކޮއްލީ 1:2000 އަށެެވެ. ނޭގިހުއްޓާ ތިޔަ ފެެއްޓުނީ 200,000$ ގެެ ވިޔަފާރިއެކެވެ.

ކާމިޔާބު ރަގަޅު ވިޔަފާރިވެރިޔެއް ބޭންކް އަކުން -/50,000ރ ނެެގުމަށްފަހު ފައްޓާ ކަންމަތީ ފިހާރަޔަށްވެސް ވިޔަފާރި ޕްލޭނެެއް ހަދާ އެެޔަށް އަމަލުކުރެއެވެ. ވީއިރު ތިޔަފެއްޓެވި 200,000$ ޑޮލަރުގެ ވިޔަފާރިޔަށް ޕްލޭނެއް ނެތި ކުރިޔަށް ދެވެނީ ކިހިނެއް ހެެއްޔެވެ.

ފޮރެކްސްގަ ވެސް ކާމިޔާބުވާން ބޭޭނުން ނަމަ އޮތީ ހަމަ އެގޮތެވެ. ރަގަޅު ޓްރޭޭޑިންގ ޕްލޭނަކާއި ފައިނެެންޝިއަލް ޕްލޭނެއް އޮވެ އެއާއި އެއްގޮތަށް އަމަލު ކުރަން ވާނެއެެވެ. ކަމުގެެ އިލްމު އެެކަށީގެންވާ ވަރަށް އުގެެނެންވެއެެވެެ.

ދުނިޔޭގަ ކާމިޔާބުކަމާއި އެކު ފޮރެކްސް ޓްރޭޑް ކުރާމީހުން އެކައުންޓް ގްރޯ ކުރާ ކަމަށް ތަފާސްހިސާބް ދައްކަނީ މަހަކު %1 އާއި %5 އާއި ދެމެދުގެެ އަދަދެކެވެ.

ދިވެހި ގިނަ ޓްރޭޑަރުން 100$ އެކައުންޓަށް އެޅުމަށް ފަހު ޕްލޭން އަކީ އެއްދުވަހުން އެކައުންޓް ދެގުނަ ކުރުމެވެ.ދުވަހުގެ ޓްރޭޑިން ހުއްޓާލަނީ އެެކައުންޓް ދެގުނަވީމައެވެެ ނޫނީ އެެކައުންޓް ހުސްވީމައެވެ. 100$ ބެެލެންސް އިންނަ އެކައުންޓަކުން އެންމެ ފުރަތަމަ ދުވަހު ނެެގި ޓްރޭޭޑްތަކުން 5$ ނެގުމުން އެެކައުންޓް ތިޔަ ގްރޯކުރެވުނީ %5 ކަމާއި ދުނިޔޭޭގެ އެންމެ ކާމިޔާބު ޓްރޭޑަރުންނައް ވުރެން ރަގަޅު ނަތީޖާއެއް ނެރެވުނުކަން އިހްސާސްނުވިއެެވެ. އެކައުންޓް ދެގުނަކުރަން ކުރިމަސައްކަތް ނިމުމަކަށް މި އައީ އެކައުންޓް އެއްކޮށް ހުސްވީމައެވެ. އެހެން އެކަންވަނީ ޓްރޭޭޑް ކުރަން ފެށުނީ ބޯކޮށް ޑޮލަރު ނަގާ ކަމުގެ އަޑުތައް އިވި މަންޒަރުތައް ފެެނިގެންނެވެ.

އަދި މިވަރުން ނިމުނީކީ ނޫނެެވެެ. ދެންވެސް ހަދަނީ އަނެއް ގޯހެވެ. އަވަހަށް ރައްޓެއްސަކަށް ފޯން ކޮއްލާގެން ހަފްތާއްކުން އަބުރާ ދޭގޮތަށް ލާރިކޮޅެއް ނަގާގެެން ޓްރޭޑްކުރަން އަލުން ބާރެެއްލާފަ ފައްޓައެވެ. އެެމީހަކަށް އަތްނުފޯރާވަރުގެ އަދަދެއްގެ ފައިސާއިން ޓްރޭޑް ކުރުމަކީ ޓްރޭޑް ކުރާމީހާޔަށް ލިބޭ އިތުރު ބުރައެކެވެ. އެކަމުގެ ސަބަބުން ޓްރޭޑް ކުރާމީހާގެެ ސިކުނޑި ބަރުވެ ރަނގަޅު ނިންމުންތައް ނިންމަން ހުރަސްއެޅޭ ކަމެެއްކަމަށް ދުނިޔޭޭގެ ކާމިޔާބު ޓްރޭޑަރުން ލިޔެފަހުރި ފޮތްތަކުން ފެެންނަން އެބަހުއްޓެވެ. ގިނަފަހަރު ރަނގަަަޅަށް ނަގާފަ ހުންނަ ޓްރޭޭޑް ގެެއްލުމުގަ ކަނޑާލަނީ އެކައުންޓް ހުސްވެދާނެ ކަމުގެެ ބިރު އޮތީމައެވެ. އަބުރާ ދޭގޮތަށް ނެގި ފައިސާކޮޅު ނުދެވިދާނެތީއެވެ.

ގޮތް ހުސްވާ ހިސާބައް ދިޔުމުން ދެެން ކުރަނީ އަދި މާ މޮޅު ކަމެކެެވެެ. އަވަހަށް މީސް މީޑިއާ ހާވާލައިގެން ހޯދަނީ ފޮރެކްސް ސިގްނަލްދޭ ގްރޫޕްއެެކެެވެެ. ސިގްނަލް ވިއްކާ ގްރޫޕަކަށް ފައިސާ ދެއްކުމަށް ފަހު ގްރޫޕަށް ވަންނަ އިރުވެސް އެއްމެނަށް ފެންނަހެެން ޕިން ކޮއްފަ އިރުޝާދުތައް ހުރެއެވެ. އެ ގްރޫޕްގަ ސިގްނަލްދޭ ގޮތާއި ޓްރޭޑްތައް ނަގަންވާ ގޮތާއި ލޮޓް ސައިޒް ފަދަ މުހިންމު މައުލޫމާތުތައް ގިނަ ސިގްނަލް ގްރޫޕް ތަކުގަ ފެންނަން ހުރެެއެވެ. އިރުޝާދުތައް ގިނަފަހަރު ކިޔަން އިންދާ ދެން އަންނަނީ ގްރޫޕައް މެސެޖެކެވެ. ބަލާލާއިރު ކަމަކުދާކަށް ނެތެވެ. ސިގްނަލެއް "ގޯލްޑް ސެލް" ވީ އެންމެ އަވަަހަކަށް އެެޕް ސްވިޗް ކޮއްލާފަ އެނެެގީ ޓްރޭޭޑް ލޮޓް ކޮއްލީ 0.50 އިން ޓްރޭޑް ނެެގުމައްފަހު ގްރޫޕްގަ ކިޔަން އިން އިރުޝާދު ތަކުގެެ ނުނިމި އިންބައި ކިޔާލާ އިރު އަދި ކިރިޔާ މި ފެެނުނީ 100$ ގެެ ބެލެެންސް ހުރި މީހުން ޓްރޭޑް ނަގަންވާނީ 0.01 ގަ ކަމަށާއި 500$ ބެެލެންސްގަ ނެތް މީހުން ގޯލްޑުން ޓްރޭޑް ނުނަގަންށެވެ. ދެެން ވަގުތުން ޓްރޭޑިންގ އެޕް ހުޅުވައިގެެން ބަލާލާއިރު މިއޮތީ އެކައުންޓް ހުސްވެފައެވެ. ގިނަފަހަރު ގޯސްވީ ސިގްނަލް ދިން ގްރޫޕެވެ.

އެެހެެން ވިޔަފާރި ތަކެެކޭ އެއްފަދައިން ފޮރެކްސްއަކީ ވެެސް ވިޔަފާރިޔެެއްކަން ގަބޫލުކޮށް، ކަމުގެ އިލްމު އުނގެނި ދިގު މުއްދަތުން ފައިދާ ހޯދަން މަސައްކަތް ކޮށްފި ނަމަ މިކަމަކީ ފައިދާބޮޑު ކަމެއް ކަމަށް ދުނިޔޭގެ ކާމިޔާބު ފޮރެކްސް ޓްރޭޑަރުން ބުނެއެވެ. ދިވެެހި ރާއްޖޭގަ މަދުން ނަމަވެސް ކާމިޔާބުކަމާއި އެެކު ޓްރޭޑްކުރާ މީހުން އުޅޭކަން ފާހަނގަކުރެވެއެވެ.

އުންމީދަކީ މި ލިޔުން ކިޔާލުމަށްފަހު ތިހެދޭ ގޯސްތައް ރަނގަޅުކޮށް ޓްރޭޑްކޮށްގެން ގިނަ ބަޔަކު ކާމިޔާބު ކުރުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside