logoEN
cocacola
ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޗުގެ ޓައިޓަލް ސްޕޮސަރަކަށް ސައުދީ އެމްބަސީ!

ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޗުގެ ޓައިޓަލް ސްޕޮސަރަކަށް ސައުދީ އެމްބަސީ!

# ގައްދޫ ކައުންސިލް ފުޓަސަލް ޗެލެންޖު 2022

Fi4z4h6UcAAxMZa

މިމަހުގެ ފަހު ކޮޅު ގައްދޫގައި ފަށާ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް ރާއްޖޭގައި ހުންނަ ސައުދީ އަރަބިއާގެ އެމްބަސީ ހަމަޖައްސައިފި އެވެ.

ގޮސިޔާ

ގައްދޫ ކައުންސިލުން ބާއްވާ މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ސައުދީ އެމްބަސީ ހަމަޖެއްސީ މިއަދުގެ ވަގުތެއްގައި އެވެ. މި އެއްބަސްވުމުގައި ގައްދޫ ކައުންސިލާއި ސައުދީ އެމްބަސީއިން މިއަދު ވަނީ ސޮއިކޮށްފައެވެ.

ސައުދީ އެމްބަސީގައި އޮތް ރަސްމިއްޔާތެއްގައި ގައްދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު އެވެ. އަދި ސައުދީ އެމްބަސީގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު، މަތްރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީއެވެ.

View post on Twitter

ސައުދީ އެމްބަސީއިން މައުލޫމާތު ދޭގޮތުގައި މި ސްޕޮންސަރޝިޕަކީ ޒުވާނުންގެ މެދުގައި ކުޅިވަރު ކުރިއެރުވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރު އެޅުމުގެ ގޮތުން ގައްދޫ ކައުންސިލަށް ދެވުނު ސްޕޮންސަރޝިޕެކެވެ.

ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖު ބޭއްވުމަށް ތައްޔާރުވަމުން އަންނަނި މިމަހުގެ 22 ވަނަ ދުވަހު ފެށުމަށެވެ. މި މުބާރާތަކީ ދެ ޖިންސުގެ ފަރާތްތަކަށްވެސް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ