logoEN
Sto top
ބަނގުރާދަޅުތަކަކާއެކު ހުޅުމާލެ ފޭސް ދޭކުން މީހަކު ހައްޔަރުކޮށްފި

ބަނގުރާދަޅުތަކަކާއެކު ހުޅުމާލެ ފޭސް ދޭކުން މީހަކު ހައްޔަރުކޮށްފި

އަލްފާ އަލީ

logo

11/28/2022, 4:35:10 PM

# ބަނގުރާ# ފުލުހުން

1_9cd521e921

ބަނގުރާދަޅުތަކަކާއެކު ހުޅުމާލެ ފޭސް ދޭކުން މީހަކު ހައްޔަރުކޮށްފިއެވެ.

Wamco

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 26 ވަނަ ދުވަހު ހުޅުމާލެ ޕޮލިހުން ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައި އޭނާގެ އަމަލުތައްހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން ބަނގުރާ ފެނުމާ ގުޅިގެންނެއެވެ.

އެގޮތުން، ހުޅުމާލެ ފޭސް ދޭއް ނިރޮޅުމަގު ބުރިޖު ކައިރިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވެއެވެ. މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ.

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އޭގެ އިތުރުން މި މަހު 26 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއް ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު، ސައިކަލެއްގައި ދިޔަ ދެ މީހެއްގެ އަމަލުތައްހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު އެ ސައިކަލުގެ މަޑިދަށުން ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ. މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން މި ދެ މައްސަލަދަނީ ތަހުގީގު ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC