logoEN
cocacola
މާއުނގޫދޫގައި ޒުވާނެއްގެ ބަނޑަށް ވަޅި ހަރައިފި

މާއުނގޫދޫގައި ޒުވާނެއްގެ ބަނޑަށް ވަޅި ހަރައިފި

އަލްފާ އަލީ

logo

11/9/2022, 1:04:56 PM

# މާރާމާރީ# ށ. މާއުނގޫދޫ

16789792_408731329475703_546169713764335616_n

ށ. މާއުނގޫދޫގައި ޒުވާނެއްގެ ބަނޑަށް ވަޅި ހަރައިފި އެވެ.

ގޮސިޔާ

މާއުނގޫދޫ ކައުންސިލުގެ ނައިބު ރައީސް މޫސާ ހަސަން މީޑިއާތަކަށް ވިދާޅުވީ، ރޭ ދަންވަރު 12:30 އެހާކަންހާއިރު އެ މާރާމާރީ ހިންގީ ތިން މީހެއްގެ ދެމެދުގައި ކަމަށެވެ. މާރާމާރީގައި ދެ މީހަކަށް އަނިޔާވި އިރު، އެކަކުގެ ބަނޑަށް ވަޅި ހަރާފައިވާ ކަމަށާއި އަނެއް މީހާގެ ވައަތު އަތް ތިލައަށް ވަޅި ހަރާފައިވާ ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާއުނގޫދޫގައި ތޫނު އެއްޗަކަށްު ދެމީހަކަށް ހަމަލާދީފައިވާކަމަށް ރޭ 00:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި 25 އަހަރުގެ މީހާއާއި 31 އަހަރުގެ މީހާއަށް މާއުނގޫދޫ ހެލްތު ސެންޓަރަށް ގެނގޮށް ފަރުވާދީފައިވާ ކަމަށެވެ. އަދި 31 އަހަރުގެ މީހާއަށް އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

މި މައްސަލައާ ގުޅިގެން 31 އަހަރުގެ މީހަކު ވަނީ ކޯޓު އަމުރެއް ދަށުން ހައްޔަރުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ