
ޒަކާތު ފަންޑުން އެހީދޭން ފަށަނީ
# އިސްލާމިކް މިނިސްޓްރީ# އެގްރޯނެޓް# ބިޒްނަސް ސެންޓަރ ކޯޕަރޭޝަން# އިކޮނޮމިކް މިނިސްޓްރީFg3LUM_VQAENH3B
އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ޒަކާތު ފަންޑުން އެީ ދިނުމަށް "ޒަކާތު ނަފާ" ޕްރޮގްރާމް ފަށައިފި އެވެ.

އާއިލާއަކަށް ގިނަވެގެން 150،000 ރުފިޔާއާ ހަމައަށް މާލީ އެހީލިބިގެން ދާ ގޮތަށް ފެށި މި ޕްރޮގްރާމަކީ ފަގީރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ ފަގީރުކަން ނައްތާލުމުގެ މަގްސަދުގައި ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ހިންގުމުގައި އެކުގައި މަސައްކަތް ކުރުމަށް، އިސްލާމިކް މިނިސްޓްރީއާއި، އިކޮނޮމިކް ޑިވެލޮޕްމަންޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއީ މި ޕްރޮގްރާމްގައި އާއިލާތައް ބައިވެރިކޮށް، އާމްދަނީ ހޯދުމަށް ވިޔަފާރިއެއް ފެށޭނެ ގޮތް ހޯދައިދިނުމަށް ގުޅިގެން މަސައްކަތްކުުރުމަށް ގާއިމްކުރެވުނު އެއްވަސްވުމެކެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަޙުމަދު އާދިލްއެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޔޫސުފް ރިޒާ، އެގްރޯނެޓްގެ ފަރާތުން ޑެޕިއުޓީ އެމްޑީ މުޙައްމަދު އަޙުމަދުފުޅު އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޢަލީ އާނިފް ވަނީ ސޮއިކޮށްފައެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދަނީ 2021ވަނަ އަހަރުގެ ފަގީރުގެ ދަފްރަތުގައި ތިބި މީހުންނަށެވެ. ރާއްޖޭގެ ފަޤީރުންގެ ދަފްތަރުގައި 7763 މީހުން ހިމެނެއެވެ.
ނަފާ ޕްރޮގްރާމާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު އަލީ ވިދާޅުވީ، ޕްރޮގްރާމް ކުރިއަށްގެންދަނީ އެކި ފިޔަވައްސަށް ބަހާލައިގެންކަމަށެވެ. ފުރަތަމަ ފިޔަވަހީގައި މި ޕްރޮގްރާމްގައި ބައިވެރިކުރަނީ، އެ ރަށެއްގައި ފަގީރުގެ ގޭބިސީ 10އަށްވުރެ ދަށް ރަށްތަކެވެ. ފަގީރުގެ ގޭބިސީ 10އަށްވުރެ ދަށް 96 ރަށް ރާއްޖޭގައި އެބައޮތެވެ. ފުރަތަމަ ބުރުގައި މި ރަށްތަކުގެ 350 ގޭބިސީ ހިމެނެއެވެ. އެއީ ފަގީރުންގެ އާބާދީ 1077އެވެ.
ސަރުކާރުން ޢަމާޒު ހިފާފައިވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މިކަމުގެ ޢަމަލީ މަސައްކަތްތައް ރަށްރަށުގައި ފެށުމަށެވެ. މި ޕްރޮގްރާމްގެ ދަށުން ދޫކުރާ އެހީއަކީ ހިލޭ އެހީއެވެ. ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމޭއިރު، ފަގީރުންގެ ލިސްޓުން ރާއްޖޭގެ 96 ރަށް އުނިވާނެއެވެ.
ގުޅުންހުރި
-1750928812457.webp&w=3840&q=75)
ބޮޑެތި ބަލިތައް ތަަޙައްމަލް ކުރާ ފަގީރުންނަށް އިންޝުއަރެންސެއް ތަޢާރަފުކުރަނީ

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަވަސް ކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނާއި މަޝްވަރާކޮށްފި

އަރަބި ބަސް ދަސްކޮށްދިނުމަށް ކުރިޔަށް ގެންދާ ޕްެރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި
