
12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއްގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
# ފުލުހުން# ޖިންސީ ގޯނާRape-jinsee-gaonaa
ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އިންޑިއާގެ މީހަކު ހައްޔަރުކޮށްފި އެވެ.

ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ޏ، ސ) ހިމެނޭ ރަށެއްގައި 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވަނީ މި މަހުގެ 1ވަނަ ދުވަހުގައެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން 21 އަހަރުގެ އިންޑިއާ ފިރިހެނަކު ހާދިސާ ހިނގި ރަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އެމީހާއަކީ ވަރަށް ފަހުން މަސައްކަތު މީހެއްގެ ގޮތުގައި އެރަށަށް ގޮސްފައިވާ މީހެކެވެ.