
އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި އިތުރު މީހަކު ތިން މަހަށް ޖަލަށް
# އެއްޖިންސުން ގުޅުން ހިންގުންAlamgiri Massage Parlor
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި ކުށް ސާބިތުވެ އިތުރު މީހަކު ތިން މަހަށް ޖަލަށްލައި، ހަތް މަސްދުވަހަށް ގޭންބަދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާ ސާބިތުވެފައި ވަނީ ދަފްތަރު ނަންބަރު ރސ 4549، މަޙްމޫދު ރިޔާޟްގެ މައްޗަށެވެ.
އެމައްސަލައިގެ އިބްތިދާއީ މަރުހަލާގައި މަޙްމޫދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިއުތިރާފްވެފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގައި ބޭއްވި އަވަސްނިޔާގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ މަޙްމޫދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުށުގެ އަދަބެއްގެ ގޮތުން މަޙްމޫދު ރިޔާޟް ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އެ މައްސަލައިގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު ހުކުމް ވަނީ ގޭ ބަންދަށާއި ޖަލު ހުކުމަށް ބަދަލުކޮށްފައެވެ.
އެހެންކަމުން އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ ތިން މަހާއި ދިހަ ދުވަހެވެ. އަދި ބާކީ ހަ މަހާއި 20 ދުވަސް ހޭދަކުރަން ޖެހޭނީ ގޭ ބަންދުގައި ކަމަށް ވެސް މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވެއެވެ.
ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކްވެފައިވާ އަލަމްގީރުގެ މައްޗަށް އުފުލި އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ތިން ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާއަށް ވަނީ ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އަދިި އޭނާގެ މައްޗަށް އުފުލި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާ ސާބިތުވުމުން ދެ އަހަރާއި ނުވަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ގުޅުންހުރި

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި އިތުރު މީހަކު ތިން މަހަށް ޖަލަށް

އަލަމްގިރި އަށް ހުކުމް ކުރުން މިއަދު

40 މީހަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑު ކުރި ކަމަށް އަލަމްގިރި އެއްބަސްވެއްޖެ





