
police
ރާއްޖޭގައި ދޭން އުޅުން ނިރުބުވެރި ހަމަލާ އާއި ގުޅިގެން 6 މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. އަދި މީގެ އިތުރުން ތިމަރަފުށިން 31 އަހަރުގެ މީހަކުވެސް ވަނީ ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން ދަނީ މާލެ އާއި އަތޮޅުތެރޭގެ ކަނޑުމަތީގައި އާއި ތިމަރަފުށީގައި ކަމަށެވެ. މީގެ އިތުރުން ފުލުހުން ވިދާޅުވީ ރާއްޖޭގައި ދޭން އުޅުނު ހަމަލާ އާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަޙްޤީޤަށް މައުލޫމާތު ލިބެމުންދާ ވަރަކުން މައުލޫމާތު ދެމުން ގެންދާނެ ކަމަށެވެ.
ރާއްޖޭގައި ދޭން އުޅުން ނިރުބުވެރި ހަމަލާ ގެމައުލޫމާތު ލިބިފައިވަނީ ފުލުހުންގެ އިންޓަލިޖެންސަށް ކަމަށާއި އެއީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމެއްގެ ގޮތުގައި ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ. މީގެ ކުރިން ރާއްޖޭގައި ހިނގާފައި ހުރި ބޮޑެެތި އަލިފާނުގެ ހާދިސާތަކުގެެ ޒިންމާވެސް އެފަދަ ޖަމާއަތްތަކުން ވަނީ ނަގާފައެވެެ.