logoEN
PNC TOP 3
ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން އޯޕަން ޑޭއެއް ބާއްވަނީ

ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން އޯޕަން ޑޭއެއް ބާއްވަނީ

# އޯޕަންޑޭ 2026# ޔޫތު މިނިސްޓަރ

ފޮޓޯ: ޔޫތު މިނިސްޓްރީ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން "އޯޕަން ޑޭ2026 " މިމަހު ބާއްވަން ނިންމައިފިއެވެ.

PNC MID 2

މި އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމިމަހުގެ 30 އިން 31ގެ ނިޔަލަށެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި އިވެންޓުގައި މިނިސްޓްރީގެ ދަށު އޮފީސްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ލިބޭ ހިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތުތައް މިނިސްޓްރީގެ އެކި ޑިޕާޓްމަންޓުތަކުން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ލައިވް ޕަރފޯމަންސްތަކާއި ތަފާތު ގޭމްތައް ކުރިއަށް ގެންދިއުމަށް ރާވާފަވާއިރު އޯޕަން ޑޭގައި ބައިވެރިވާ ފަރާތްތަކަށް އިނާމާއި އަދި އެހެނިހެން ސަޕްރައިޒްތައް ވެސް ލިބިގެންދާނެއެވެ.

މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތު ހަބު (ލިލީ މަގު)ގައި 30 އަދި 31 ވަނަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC