
ރާއްޖޭގައި އުޅޭ ދޫނިތަކާއި ރާއްޖެ އަށް ހިޖުރަކުރާ ދޫނިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
# އީޕީއޭ# އެންވަޔަރަމަންޓް މިނިސްޓްރީ--
ރާއްޖޭގައި އުޅޭ ދޫނިތަކާއި ރާއްޖެ އަށް ހިޖުރަކުރާ ދޫނިތަކާ ގުޅޭ ދިރާސާއެއް ކުރުމަށް ސޮއިކޮށްފި އެވެ.

ރާއްޖޭގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން މި މަސައްކަތް ކުރުމަށް ހަވާލުކުރީ ނިއުޒިލެންޑުގެ ޔުނިވާސިޓީ އޮފް އޮކްލެންޑާ އެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އޮތް ރަސްމިއްުާތުގައި ދިވެހި ސަރުކާރާއި އީޕީއީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
އީޕީއޭ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭ ދޫނިތަކާއި ރާއްޖެ އަށް ހިޖުރަކުރާ ދޫނިތަކާ ބެހޭ ދިރާސާތައް ކުރުމުގައި އެ އެޖެންސީގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ. އަދި ދޫނިތައް އުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މުހިންމު ކަންކަން ދެނެގަތުމަކީ ވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު އެހީއެއް ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
"ނޭޝަނަލް ކާބަން ރެގިއުލޭޝަން" ޤަވާއިދު އެކުލަވައިލުމާ ގުޅޭގޮތުން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މިނިސްޓަރު ޠާރިޤް އައިރީނާގެ ޑައިރެކްޓަރ ޖެނެރަލާ ބައްދަލުކުރައްވައިފި

އައިރީނާގެ 16 ވަނަ އެސެމްބްލީގައި ރާއްޖެއިން ބައިވެރިވެއްޖެ

.gif&w=3840&q=75)



