logoEN
cocacola
އުމުރު ދުވަހަށް ޖަލަށްލިޔަސް ލާދީނިއްޔަތާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނަން - ޝެއިޚް ނިޝާން

އުމުރު ދުވަހަށް ޖަލަށްލިޔަސް ލާދީނިއްޔަތާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނަން - ޝެއިޚް ނިޝާން

އައިޝަތު އިފާޝާ

logo

10/16/2022, 10:15:16 PM

# ޔޯގާ ހަމަނުޖެހުން

Nishan

އުމުރު ދުވަހަށް ޖަލަށް ލިޔަސް ކުފުރާއި ޝިރުކުގެ ލާދީނިއްޔަތާއި ދެކޮޅަށް ކުރާ މަސައްކަތަށް ގުޑުމެއް ނާންނާނެ ކަމަށް ޝެއިހް އާދަމް ނިޝާން ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ޝެއިޚް ނިޝާން މިފަދައިން ވިދާޅުވެފައިވަނީ، ޔޯގާ ދުވަހާއި ގުޅިގެން ބޭއްވި ހަރަކާތުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލުކޮށްްފައިވާ ދަނޑިވަޅެއްގައެވެ.

އެ މައްސަލައާއި ގުޅިގެން ޝެއިޚް ނިޝާންގެ އިތުރުން ޝެއިޚް ފަޒްލޫން މުހައްމަދުގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފަ އެވެ. އެ ދެ ޝެއިހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.

ޝައިހް ނިޝާން މިރޭ ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅޭ ލިޔުންތައް މިއަދު މެންދުރު ހަވާލުކޮށްފައިވާ ކަމަށާއި، މިއަދު ހަވީރު ކްރިމިނަލް ކޯޓުން ގުޅާ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ތާވަލު ކުރި ކަމަށް އަންގައި ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ނިޝާން ވަނީ މި ދައުވާ ސާބިތުވެ 15 އަހަރު ނުވަތަ އުމުރު ދުވަހަށް ޖަލަށް ލިޔަސް ލާދީނިއްޔަތާއި ދެކޮޅަށް ކުރާ މަސައްކަތަށް ގުޑުމެއް ނާންނާނެ ކަމަށް ވިދާޅުވެފަ އެވެ.

"15 އަހަރު ކީއްކުރަން ހެއްޔެވެ. އުމުރު ދުވަހަށް ހުކުމް ކުރި ނަމަވެސް ކުފުރާއި ޝިރުކުގެ ލާދީނިއްޔަތާއި ދެކޮޅަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް އަދި އަޒުމަކަށް ހިތްވަރަކަށް ގުޑުމެއް ނާރާނެ." އޭނާ ވިދާޅުވި އެވެ.

ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ދައުލަތުން ވަނީ ގިނަ ބައެއްގެ މައްޗަށް ދައުވާ އުފުލާފަ އެވެ. އޭގެތެރޭގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއިލު ވެސް ހިމެނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ