logoEN
cocacola
ބޫން ޖަހާފަ ތިޔަ ދުއްވަނީ ކާކަށް ދައްކަންތަ؟

ބޫން ޖަހާފަ ތިޔަ ދުއްވަނީ ކާކަށް ދައްކަންތަ؟

އަޙްމަދު ޖަމީލު

logo

11/12/2020, 1:03:36 PM

# ރިޕޯރޓް

18451346_1125644950873178_979206256318858720_o

ސައިކަލަށް އަރައި ސްޓާރޓް ނުވަނީސް ގިޔަރު ކުރިއަށް ޖަހަލާ ކުޑަހުޅު ބިންދާއިގެން ދާވަރަށް މުއްގަޑު އަބުރާލައި ތިޔަ ދުއްވާލީ އަވަހަށް ތަނަކަށް ދިޔުމުގެ ނިޔަތުގައި ހެއްޔެވެ؟ އެހެންކަމުގަ ވަނީނަމަ، މިސްރާބު ގެއްލި ދާން ބޭނުން ނުވާތާކަށް ދެވިދާނެވެ. ނުވަތަ ނިޔަތަކީ، ތިމާ ވަރުގެ މީހެއް ނެތިގެން ބަޔަކު ބިރުގަންނަވާލުން ކަމުގަ ވަނީ ނަމަ ބުނެވޭނީ އާއެކެވެ. ބިރު ގަނެއްޖެއެވެ. އެހެން ނަމަވެސް އެއީ ތި މީހަކީ ކާކުކަން އެނގިގެން ނުވަތަ ނޭނގި އެއްވެސް ނޫނެވެ. ބިރުގަންނަން ޖެހުނީ ތި ދުއްވާ ބާރު މިނެއްގެ ސަބަބުން އަމިއްލަ މީހާ އާއި އެހެން މީހުން ގެ ފުރާނަ ނުރައްކަލަކަށް ވައްޓާލަން އުޅޭތީއެވެ.

ގޮސިޔާ

މި ގާފު އަތޮޅުގައިވެސް މަގު ހެޔޮވަރު ކޮށް ތާރު އާޅަފައި ހުރި ރަށްތައްވެސް އެބަ ހުއްޓެވެ. މާނަ އަކީ، ބާރަށް ސައިކަލާއި ކާރު ދުއްވާށެކޭ ނޫނެވެ. ސަރުކާރުން ބޮޑެތި ޚަރަދުތަށް ކޮށްގެން ރަށް ރަށުގެ މަގުހަދައި ތާރު އަޅައި ދެނީ އެންމެނަށް ފަސޭހަ ކުރުމަށެވެ. ނަމަވެސް ބާރަށް ސައިކަލު ދުއްވުމާއި ހިނގާފައިދާ މީހުންނާއި އެއްވަރު ކޮށްލުމަށްފަހު އިންޖީނު ގެ އަޑު ގަދަ ކޮށްލާ މަންޒަރަކީ ވަރަށް ވެސް ގިނައިން ފެންނަ މަންޒަރެކެވެ. އޭގެ ސަބަބުން ސިއްސައިގެން ދާ ގޮތަކުން ހީވެސް ނުކުރާހާ ބޮޑު ގެއްލުމެއްވެސް ވެދާނެވެ.

ހަވީރު ގަޑީގައި ދުން ޖަހަމުން ތިޔަ ދުއްވަނީ އަންހެން ކުދިންނަށް ފޮނި ދައްކަން ކަމަށް ހީކުރަންޏާ ތިޔައީ ވަރަށް ތާކުން ތާކު ނުޖެހޭ ވިސްނުމެކެވެ. އަންހެނުންނަށް ތިޔަށްވުރެ، މަތިން އުދުހިފަ ދާ ކާޅު ދެކެވެސް މާ ގަޔާ ވާނެވެ. މީހުންނަށް އުނދަގޫ ނުވާނޭހެން މަގުމަތީގައި އެހެން މީހުންނެކޭވެސް އެއްގޮތަށް ސައިކަލު ދުއްވުން އެއީ ވަރަށް ވެސް ރީތީ އަދި ފިރިހެންވަންތަ ގޮތެކެވެ. ނަމަވެސް ހިތާމައަކީ ކޮންމެ މީހަކުވެސް މިކަމަކީ މިގޮތަށް ހިނގާ ކަމެއް ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅު ކުރާއިރު ތިމާ މީހާގެ ފިރިސޮރު، ބޭބެ، ކޮއްކޮ، ދަރިފުޅު ނޫނީ ލޯބިވެރިޔާ ސައިކަލު ދުއްވަނީ ބާރަށްތޯ ނޫނީ މަޑުން ތޯ ނުބަލާކަމެވެ. "ސުބުޙާނަﷲ ހާދަ ބާރަށް ދުއްވާ ކުއްޖެކޭ" ފިޔަވައި އިތުރު ވާހަކަ އެއް ނުދައްކައެވެ.

ދުނިޔޭގެ ތަހުޒީބީ ގައުމު ތަކުގައި މި އަށްވުރެ ބާރަށް ދުއްވޭ ސައިކަލު ހުރެފައި ދުއްވަން އެނގިފައި ވެސް އެމީހުން އާންމުގެ ތެރޭގައި ބާރަށް ދުއްވާ ނޫޅެއެވެ. ގާނޫނާއި ގަވާއިދު ތަކަކީވެސް ތިމާ އާއި އަނެކާގެ ރައްކަލަށް ހެދިފައި ހުންނައެއްޗިއްސެވެ. ތިޔައީ އަހަރެންގެ ބޭބެ ކޮއްކޮ ނޫނީ ކިތަންމެ ދުރުމީހެއް ކަމުގައި ވިޔަސްވެސް އާދޭހާއި އެކު ބުނަމަވެ. މަޑުން ސައިކަލާއި ކާރު ދުއްވާށެވެ. ތިމާއަށް ކިތަންމެ މޮޅަށް ދުއްވަން އެނގުނަސް އަނެކާއަށް ނޭނގިދާނެވެ. ނުރައްކާތެރި އެކްސިޑެންޓެއް ދިމާވުމުގެ ކުރިން ވިސްނާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ