
ފޮޓޯއެއް ނަގައިގެން 15،000 ރުފިޔާ ހޯދުުމުގެ ފުރުސަތު ރިސޯޓް ލައިފް ޓްރެވެލްއިން ހުޅުވާލައިފި
# ރިސޯޓް ލައިފް ޓްރެވެލް141478310_3883392315046523_4268741620967355684_o
ކުޑަ ކުޑަކުއްޖެއްގެ ހިނިތުންވުން ދައްކުވައިދޭ ފޮޓޯއެއް ނަގައިގެން 15 ހާސް ރުފިޔާ ހޯދުުގެ ފުރުސަތު ރިސޯޓް ލައިފް ޓްރެވެލްއިން ހުޅުވާލައިފިއެވެ.

އަދި އިތުރު 9 ފަރާތަކަށްވެސް 1500 ރުފިޔާގެ އިނާމެއްވެސް ވަނީ ހުށަހަޅައިފައެވެ.
"ރިސޯޓް ލައިފް" އިން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް ބޭނުން ކުރާ ފޮޓޯ ނަގާއިރު، އުމުރުން 10 އަހަރުން ދަށުގެ ކުޑަކުއްޖަކަށްވުމާއި، އެކުއްޖާގެ ހިނިތުންވުން ފެންނަހެން ފޮޓޯ ނެގުމުގެ އިތުރުން އެއްވެސް ވޯޓަރ މާކެއް ނެތުުމާއި، އެކުއްޖާގެ ބެލެނެވެރިޔާގެ އިތުރުން އިސްތިހާރުކުރުމަށް ބޭނުންކުރުުގެ އެއްވެސް އިއުތިރާޒެއް ނެތުން ހިމެނެއެވެ.
ފޮޓޯ ފޮނުވުމުގެ ފުރުސަތު މިހާރު ހުޅަވާލައިފައިވާއިރު، ފޮޓޯ ފޮނުވަން ޖެހެނީ [email protected] މި އީމެއިލްއަށެވެ. އަދި މި ފޮޓޯ ފޮނުވާއިރު އިސްތިހާރުކުރުމަށް އެ ފޮޓޯ ބޭނުންކުރުމުގައި ފޮޓޯގްރަފަރުގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށް ފާހަގަކޮށް، ފޮޓޯގްރާފަރުގެ އައިޑީކާޑުގެ ކޮޕީގެ އިތުރުން ފޯން ނަންބަރު އީމެއިލްގައި ހިމަނަން ޖެެހެއެވެ.
ރިސޯޓް ލައިފުން ބުނީ ކޮންމެ ބައިވެރިޔަކަށްވެސް އެއް ފޮޓޯ އަށް ވުރެ އިތުރަށް ފޮޓޯ ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށް. މީގެ އިތުރުން މި މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު 3355767 ނަންބަރުން ލިބިގެންދާކަމަށްވެސް އެފާރާތުން ބުންޏެވެ.
އެއްވަނަ އިނާމުގެ އިތުރުން އެންމެ ރީތި 9 ފޮޓޯ އަށްވެސް 1500 ރުފިޔާގެ އިނާމެއްވެސް ވަނީ ހުށަހަޅައިފައެވެ.
ފޮޓޯ ފޮނުވުމުގެ ފުރުސަތު މިހާރު ހުޅަވާލައިފައިވާއިރު، ފޮޓޯ ފޮނުވަން ޖެހެނީ [email protected] މި އީމެއިލްއަށެވެ. އަދި މި ފޮޓޯ ފޮނުވާއިރު އިސްތިހާރުކުރުމަށް އެ ފޮޓޯ ބޭނުންކުރުމުގައި ފޮޓޯގްރަފަރުގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށް ފާހަގަކޮށް، ފޮޓޯގްރާފަރުގެ އައިޑީކާޑުގެ ކޮޕީގެ އިތުރުން ފޯން ނަންބަރު އީމެއިލްގައި ހިމަނަން ޖެެހެއެވެ
މި މުބާރާތުގެ ވަނަތައް އިއުލާނު ކުރާނީ 2021 ފެބްރުއަރީ އެއްވަނަ ދުވަހު ރިސޯޓް ލައިފް ޓްރެވެލް ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖުންނެވެ.