logoEN
PNC TOP 3
އިމިގްރޭޝަންގެ ސަދަން ރީޖަނަލް އޮފީސް މަރަދޫ އަށް ބަދަލުކުރަނީ

އިމިގްރޭޝަންގެ ސަދަން ރީޖަނަލް އޮފީސް މަރަދޫ އަށް ބަދަލުކުރަނީ

# އިމިގްރޭޝަން

1556551036

މޯލްޑިވްސް އިމިގްރޭޝަންގެ ސަދަން ރީޖަނަލް އޮފީސް އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އިމިގްރޭޝަން އިން ހާމަކޮށްފި އެވެ.

PNC MID 2

އިމިގްރޭޝަން އިން ބުނީ، އައްޑޫ ސިޓީގައި ހުންނަ އެ އިދާރާގެ ސަދަން ރީޖަނަލް އޮފީސް ހިންގަމުން އަންނަ އިމާރާތް އައްޑޫ ސިޓީ މަރަދޫގައި ހުންނަ ރަށްވެހި ގެއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޮފީސް ބަދަލުކުރުމަށް ނިންމާފައިވަނީ އޮކްޓޯބަރ 9ވަނަ ދުވަހުން ފެށިގެންނެވެ.

އޮފީސް ބަދަލުކުރުމަށްޓަކައި އޮކްޓޯބަރ 6، ވާ ބުރާސްފަތި ދުވަހު އޮފީހުގެ ހިދުމަތް މެދުކެނޑޭނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

އޮފީސް ބަދަލުކުރުމުގަ މަސައްކަތާއި ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ވީހާވެސް ހަނިކުރުމުގެ ގޮތުން އޮކްޓޯބަރ 5ވަނަ ދުވަހު އިރުއޮއްސި 6 ޖެހުމާއި ހަމައަށް އެ އޮފީހުގެ ހިދުމަތް ލިބިލައްވާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަންގެ ސަދަން ރީޖަނަލް އޮފީސް މިހާރު ހިންގަމުން އަންނީ ހިތަދޫ އަވަށު އޮފީހުގައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC