logoEN
cocacola
އާ ރަންވޭ ހުޅުވުމަށް ދަތުރުތައް މެދުކަނޑާލަނީ

އާ ރަންވޭ ހުޅުވުމަށް ދަތުރުތައް މެދުކަނޑާލަނީ

# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު# އެމްއޭސީއެލް

243052845-609263210071260-790257421105326722-n

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭ ހުޅުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުގެ ރެއިން ފެށިގެން ދަތުރުތައް މެދުކަނޑާލާނެ ކަމަށް އެ އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ގޮސިޔާ

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީކުރި އެ ރަންވޭ ހުޅުވުމަށް އެމްއޭސީއެލުން ނިންމާފައިވަނީ އޮކްޓޯބަރު 6ގައެވެ. ވީއައިއޭގެ ޓަރމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހުސައިން ވިދާޅުވީ، އެހެންވެ އެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން އޮކްޓޯބަރު 5 ވަނަ ދުވަހުގެ ރޭ 11:00 އިން ފެށިގެން އެއާޕޯޓުގެ ހުރިހާ މޫވްމަންޓެއް މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.

އޮކްޓޯބަރު ފަސް ވަނަ ދުވަހުގެ ރޭ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ޓަރމިނަލުގެ ދަތުރުތައް ވެސް މެދުކަނޑާލާނެއެވެ. ދަތުރުތައް މެދުކަނޑާލުމަށްފަހު އަލުން އެއަރޕޯޓަށް ދަތުރުތައް ފަށާނީ ހެނދުނު 7:00 ގައެވެ. އާ ރަންވޭ ހުޅުވައި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އެމިރޭޓްސްގެ ވައިޑްބޮޑީ މަތިންދާބޯޓަކާ އެކުގައެވެ.

އައު ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުރެއެވެ. އަދި ފުޅާމިނުގައި 60 މީޓަރު ހުރެއެވެ. މި ރަންވޭގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް ޔަމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ. އަދި 2018 ވަނަ އަހަރު އިއްތިހާދުގެ އޭ 380 ބޯޓެއް ޖައްސައި ރަންވޭ ހުޅުވާފައިވެސް ވެއެވެ. އެހެންނަމަވެސް އެއަށްފަހު ރަންވޭ ބޭނުމެއް ނުކުރެއެވެ.

އެމްއޭސީއެލްއިން މީގެ ކުރިން ބުނެފައިވަނީ އާ ރަންވޭ ބޭނުންކުރެވޭނީ މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓާމިނަލް އެތަނުން ބަދަލުކުރެވިގެން ކަމަށެވެ. އަދި ރަންވޭއާއެކު ނިންމަންޖެހޭ ބައެއް މަސައްކަތްތައް ނުނިމި ހުރިކަން ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

އައު ރަންވޭ ބޭނުންކުރަން ފެށުމާއެކު ބޯޓު ޖެއްސުމުގައި ދިމާވާ ލަސްތައް ހައްލުވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އެ ކުންފުނިން ލަފާކޮށްފައިވާ ގޮތުގައި މި އާ ރަންވޭއާއެކު 3 ވަރަކަށް މިނެޓުގެ ތެރޭގައި ރަންވޭ ކްލިއަރ ކޮށްލެވޭނެއެވެ. އާ ރަންވޭ ބޭނުންކުރަން ފެށުމާއެކު މިހާރު ބޭނުންކުރާ ރަންވޭ ބޭނުންކުރާނީ ޓެކްސީވޭއެއް ގޮތުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ