logoEN
cocacola
ހުޅުލޭގެ އިރުއުތުރުގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

ހުޅުލޭގެ އިރުއުތުރުގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

އަލްފާ އަލީ

logo

9/20/2022, 3:22:07 PM

# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު# އެމްއޭސީއެލް# ހުޅުލެ އެއާޕޯޓު

243052845-609263210071260-790257421105326722-n

ހުޅުލޭގެ އިރުއުތުރު ފަރާތުގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުތައް ނަގަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އަންގައިފިއެވެ.

ގޮސިޔާ

އެމްއޭސީއެލްއިން ނެރުނު ސާކިއުލާއެއްގައި ބުނީ، ހުޅުލޭގެ އިރުއުތުރު ފަރާތު ތޮށިގަނޑާއި، ވޯޓަރ އޭރޮޑްރޯމް ސަރަހައްދާއި، ތޮށިގަނޑާއި ތޮށިގަނޑުގެ ރިވެޓަށް ވާ އައްސައިގެން ކަނޑު އުޅަނދުފަހަރު އަޅާފައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށާއި، އެހެން ކަމުން އެތަންތަނުގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރުތައް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް އަންގާ ކަމަށެވެ.

އަދި މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ ތަންތަނުގައި، ނުނަގައި ބަހައްޓާފައިވާ އުޅަނދުތައް ފުލުހުންނާ ގުޅިގެން ނަގައިލާނެ ކަމަށާއި، ނުނަގާ އުޅަނދުތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ