logoEN
cocacola
ވީއައިއޭގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އެސެޓް ސެކިއުރިޓީ ސަރވިސަސް އިފްތިތާހުކޮށްފި

ވީއައިއޭގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އެސެޓް ސެކިއުރިޓީ ސަރވިސަސް އިފްތިތާހުކޮށްފި

އައިޝަތު އިފާޝާ

logo

9/19/2022, 5:20:53 PM

# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު# އެމްއޭސީއެލް

Fc9GNvUaIAANGzv

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އެސެޓް ސެކިއުރިޓީ ސާރވިސަސް އިފްތިތާހުކޮށްފިއެވެ.

ގޮސިޔާ

އެމްއޭސީއެލްއިން ބުނީ ދުނިޔޭގެ ވައިގެ ދަތުރު ފަތުރުގެ ނިޒާމަށް އަންނަމުންދާ ތަރައްޤީ އާއި ތަހުޒީބާއި އެއްވަރަށް ފައިހަމަ ކުރުމުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރަމުން އަންނަނީ އަންނަނީ ވަރަށް ފުރިހަމަ ތަސައްވަރަކާއި އެއްގޮތަށް ކަމަށެވެ.

އެސެޓް ސެކިއުރިޓީ ސާރވިސަސްގެ ނަމުގައި އެމްއޭސީއެލްގައި މި އިފްތިތާހުކުރި ޙިދުމަތުގެ ސަބަބުން އެއަރޕޯޓްގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ހާއްސަ ސަމާލުކަމެށް ދީގެން އެއަރޕޯޓްގެ މުހިއްމު އިމާރާތްތަކާއި، ތަންތަނާއި އަދި ތަކެތި އެއްމެހައި ޣައިރުޣާނޫނީ އަމަލު ތަކުން ރައްކާތެރި ކުރުމަށްޓަކައި ހާއްސަކޮށް އުފެއްދި ޙިދުމަތެއްކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މި ޙިދުމަތުގެ ސަބަބުން މިފަދަ އަމަލުތައް ކުރިޔަށް ދެނެގަނެ ވަގުތުން ހުއްޓުވުމަށްޓަކާއި ސެކިއުރިޓީ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ވަގުތުން ރިޕޯޓްކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުން ދޭނެ ޓީމެއް މިހާރުވަނީ ފުރިހަމައަށް ތަމްރީން ކުރެވިފައިކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މި ޓީމުގެ އެންމެ މުހިންމު މަގުސަދަކީ އެއަރޕޯޓުގެ އާއްމުންނަށް ކަޑައެޅިފައިވާ އިމާރާތްތަކާއި، ސަރަހައްދުތަށް ފުރިހަމައަށް ގާރޑުކޮށް ޕެޓްރޯލުކޮށް ބެލެހެއްޓުމެވެ. މި މަސައްކަތްތަކުގައި ދިމާވާ އެންމެހާ ޤައިރުޤާނޫނީ ކަންކަން ވަގުތުން އެއަރޕޯޓްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހާއްސަ ކުރެފައިވާ ފަރާތްތަކަށް ހިއްސާކޮށް އެފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އެފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ އުންމީދަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަމާއި އެކު އެންމެ މަތީފެންވަރު ހިދުމަތް ފޯރުކޮށްދިނުންކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ