logoEN
Sto top
ބަރުލަމާނީ ނިޒާމެއްގައި ކޮރަޕްޝަން މަދުވާނެ - ނަޝީދު

ބަރުލަމާނީ ނިޒާމެއްގައި ކޮރަޕްޝަން މަދުވާނެ - ނަޝީދު

އައިޝަތު އިފާޝާ

logo

9/19/2022, 7:45:59 AM

# މުޙައްމަދު ނަޝީދު# ރައްޔިތުންގެ މަޖިލީހުގެ ރައީސް

Nasheed

ބަރުލަމާނީ ނިޒާމެއްގައި ކޮރަޕްޝަން މަދުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Wamco

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، އައްޑޫ ސިޓީއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަރަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި މަޖިލީހަށް ހޮވޭ މެމްބަރު ވެގެންދާނީ ވަޒީރަކަށް ނުވަތަ ސްޓޭޓް މިނިސްޓަރަކަށް ކަމަށާއި އެކަން އެގޮތަށް ވުމުން އެމެމްބަރަކު ގަނެލަން އުނދަގޫވާނެ ކަމަށެވެ.

"ބަރުލަމާނީ ނިޒާމެއްގައި ކޮރަޕްޝަން ދަށްވާނެ، މަދުވާނެ. ސުމަކަށް ނުގެނެވޭނެ. އެކަމަކު ދަށްވާނެ. މެމްބަރަކު ވިކެންވީ ސަބަބެއް ނެތް. އެއީ ތިމަންނާ މިއީ ވަޒީރު ވީއްޔާ. ކާކު ގަންނަން ތި އުޅެނީ." ނަޝީދު ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ގޮވާލާ ނަޝީދު ވަނީ ދާދިފަހުން ނިމިގެންދިޔަ އެމްޑީޕީގެ ކޮންގްރެސް އަށް ގަރާރެއް ވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމަވައި އެގަރާރު ރައީސް ނަޝީދު ވަނީ އަނބުރާ ގެންދަވާފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside