logoEN
cocacola
14 ރަށެއްގެ ކުޑަކުދިންގެ ޕާކް ތަރައްގީކުރުމަށް ބޭނުންވާ ސާމާނު ޙަވާލުކޮށްފި

14 ރަށެއްގެ ކުޑަކުދިންގެ ޕާކް ތަރައްގީކުރުމަށް ބޭނުންވާ ސާމާނު ޙަވާލުކޮށްފި

އައިޝަތު އިފާޝާ

logo

9/19/2022, 6:30:08 AM

# ޔޫތު މިނިސްޓްރީ

Fc7o-uiacAAVC0z

14 ރަށެއްގައި ކުޑަކުދިންގެ ޕާކު އަޅަން ބޭނުންވާ ސާމާނު ކައުންސިލްތަކާ ހަވާލުކޮށްފިއެވެ.

ގޮސިޔާ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ރަށްރަށުގައި ގާއިމްކުރަން ނިންމާފައިވާ ކުޑަކުދިންގެ ޕާކުތަކުގެ ތެރެއިން 14 ޕާކް ތަރައްޤީ ކުރުމަށް ބޭނުންވާ ސާމާނު ކައުންސިލްތަކާ ހަވާލުކޮށްފައި ވަނީ މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މި 14 ރަށުގެ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި، ކައުންސިލް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ހަވާލުކޮށްފައި ވަނީ ހދ. ނޭކުރެންދޫ، ށ. ކަނޑިތީމު، މާއުނގޫދޫ، ނ. ނަރުދޫ، މަގޫދޫ، ބ. ކަމަދޫ، ދަރަވަންދޫ، އއ. ބޮޑުފުޅަދޫ، އަދި ދ. ރިނބުދޫއާއި މީދޫގެ އިތުރަށް ތ. ތިމަރަފުށި ގާދިއްފުށި އަދި ގުރައިދޫގެ އިތުރުން ލ. މުންޑޫގެ ޕާކު ހެދުމަށް ބޭނުންވާ ސާމާނެވެ.

View post on Twitter

ޔޫތު މިނިސްޓްރީން ވިދާޅުވިގޮތުގައި، އެތަކެތި މިހާރު ކައުންސިލާ ހަވާލުކޮށްފައިވާތީ ރަށްރަށަށް ސާމާނު ގެންދަން ކައުންސިލުން އެދުނު ވަރަކުން ދޫކުރަމުންދާނެއެވެ.

ޔޫތު މިނިސްޓަރ މަހުލޫފް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ރަށްރަށުގައި 130 އަށް ވުރެ ގިނަ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން ގެންދާނެކަމަށެވެ. އެގޮތުން އެ ރަށްތަކަށް ސާމާނު ފޮނުވާފައިވީ ނަމަވެސް އެ މަސައްކަތް ލަސްވަމުން އަންނަކަން ފާހަގަކުރައްވައި ވީހާވެސް އަވަހަކަށް އެކަން ނިންމުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ޔޫތު މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި ޕާކުތައް ތަރައްޤީކުރުމުގައި ރަށުގެ އާބާދީއަށް ނުބަލާނެއެވެ. އަދި ތިމާވެއްޓާއި ރަށްޓެހި ނިޒާމެއްގެ ތެރެއިން މި ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް އެއްވެސް ރަށަކުން ގަހެއް ނުކަނޑާނެކަންވެސް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، ޔޫތު މިނިސްޓްރީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ޕާކުތަކާއި، އައުޓް ޑޯ ޖިމްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ