logoEN
cocacola
ދައުލަތަށް ލިބުނު އާމްދަނީ 44 އިންސައްތަ އިތުރުވެއްޖެ

ދައުލަތަށް ލިބުނު އާމްދަނީ 44 އިންސައްތަ އިތުރުވެއްޖެ

އައިޝަތު އިފާޝާ

logo

9/11/2022, 12:30:53 PM

# އާމްދަނީ

112973_3_032214eac095e6c065ab90c58fb0b93dc785ffa7_medium

މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި، ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 44 އިންސައްތަ އިތުރުވެއްޖެއެވެ.

ގޮސިޔާ

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ޚަރަދުތަކާއި ޢާމްދަނީގެ ތަފްސީލް ހާމަކުރުމަށް ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ އެކަކުން ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 18.7 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 12.9 ބިލިއަން ރުފިޔާ އާއި އަޅާބަލާއިރު، 44 އިންސައްތަ އިތުރު އަދަދެެކެވެ.

ދައުލަތަށް ލިބޭ ޢާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސްއިން ލިބޭ ޢާމްދަނީ އާއި ޓެކްސް ނޫން ގޮތްގޮތަށް ލިބޭ އާމްދަނީއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 8 މަސް ދުވަސްތެރޭ ޓެކްސް ޢާމްދަނީގެ ގޮތުގައި 13.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 9.2 ބިލިއަން ރުފިޔާއެވެ.

ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އިމްޕޯޓް ޑިއުޓީން 2.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މިހާތަނަށް ބީޕީޓީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިމުއްދަތުގައި 6.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު އަހަރުގެ ފުރަތަމަ 8 މަސްދުވަސް ނިމުނުއިރު، ދައުލަތުގެ ޚަރަދުތައް ހުރީ 24.5 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ކުރި ޚަރަދުތަކާއި އަޅާބަލާއިރު %19.9 އިތުރު ޢަދަދެކެވެ. ދައުލަތުގެ ޚަރަދު 24.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެތެރެއިން 17.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ޚަރަދެވެ.

ރިކަރަންޓު ޚަރަދުތަކުގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ދެ ބައެކެވެ. އެއީ ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިދާރީ އަދި ހިންގުމުގެ ޚަރަދުތަކެވެ. އަހަރުގެ މިހާތަނަށް ސަރުކާރު މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް 7.3 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.

އިދާރީ އަދި ހިންގުމުގެ ޚަރަދުގެ ގޮތުގައި އަހަރުގެ މިހާތަނަށް 10.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ސަބްސިޑީއަށެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތުން ސަބްސިޑީސްއަށް ކޮށްފައިވާ ހޭދަވަނީ 2.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ޢަދަދު ހުރީ 992.2 މިލިއަން ރުފިޔާގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ