
download
ޕަޕުއާ ނިއުގިނީގެ އިރުމަތީ ސަރަހައްދަށް 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި 90 ކިލޯމީޓަރު (ގާތްގަނޑަކަށް 56 މޭލު) ގެ ފުންމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ ކައިނަންޓޫ ނަމަކަށް ކިޔާ ސަރަހައްދެއްގެ ކައިރިން އެޤައުމުގެ ގަޑިން އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މި ބިންހެލުމާއި އެކު ލިބުނު ގެއްލުންތަކުގައި މިހާތަނަށް 16 މީހަކު މަރުވެފައިވާ ކަމަށް އޮސްޓްރޭލިއާގެ ރެޑްކްރޮސްއިން ވަނީ ބުނެފައެވެ.
ރެޑް ކްރޮސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، "ކޮންކްރީޓް މަގުތައް ހަލާކުވެ، ބްރިޖްތައް ވެސް ފުނޑުފުނޑުވެފައިވާ" ކަމަށެވެ.
އަދި އެޤައުމުގެ އަވަށެއް ބިންގަނޑު ކަޑައިގެން ދިޔުމުގެ ހާދިސާއެއްގައި އެއްކޮށް " ގެއްލި " ފައިވާ ކަމަށެވެ. އެ ޓައުނުގެ އާބާދީއަކީ ގާތްގަނޑަކަށް 8،500 މީހުން ކަމަށް އެ އެޖެންސީން ބުންޏެވެ.
އެމެރިކާގެ ނެޝަނަލް ސުނާމީ ވޯނިންގް ސެންޓަރުން ފުރަތަމަ ބުނީ ޕަޕުއާ ނިއުގިނީ އާއި އިންޑޮނޭޝިއާގެ އައްސޭރިފަށުގެ 1،000 ކިލޯމީޓަރު (ގާތްގަނޑަކަށް 621 މޭލު) ދުރުގައި ނުރައްކާތެރި ސުނާމީގެ ރާޅުތައް އުފެދިދާނެ ކަމަށެވެ. ނަމަވެސް ފަހުން ވަނީ ނުރައްކަލެއް ނެތް ކަމަށް ރިޕޯޓްކޮށްފައެވެ.