logoEN
cocacola
ބޯހިމެނުމުގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު!

ބޯހިމެނުމުގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު!

އަހުމަދު ޝުރާއު

logo

9/7/2022, 10:51:12 AM

# ދިރާގު

Dhiraagu-Census-2022-puec0053wqh5o5t8si0mfckkshanobs206ekvmgh2o

މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުމުގެ ޑިޖިޓަލް ސާވިސަސް ޕާޓްނަރުގެ ގޮތުގައި ދިރާގު ހަމަޖައްސައިފި އެވެ.

ގޮސިޔާ

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ޑިޖިޓަލް ސަރވިސަސް ޕާޓްނަރުގެ ގޮތުގައި ދިރާގު ހަމަޖައްސައި އެކުންފުންޏާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މިއަދު އެވެ.

ދިރާގުން މައުލޫމާތުދެއްވާގޮތުގައި އެމް.ބީ.އެސް އާއި ގުޅިގެން ދިރާގުން ދަނީ މިއަހަރުގެ ބޯހިމެނުމުގެ ހަރަކާތްތަކުގައި ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދީ، ބޯހިމެނުމުގެ ތަމްރީނު ދިނުމާއި މަޢުލޫމާތު އެއްކުރުމުގެ މުއްދަތުގެ ތެރޭގައި ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާރކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ޑިޖިޓަލް ޕާޓްނަރަށްވުމަކީ ދިރާގަށް ލިބޭ ނުހަނު ބޮޑު އުފަލެއް ކަމަށާއި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ތަރައްޤީގެ ކުރިމަގު ބައްޓަންކުރާނެ މި މުހިންމު ޤައުމީ ހަރަކާތް ކުރިއަށް ގެންދިޔުމަށް މަގުފަހިކޮށްދިނުމުގައި އެމް.ބީ.އެސް އާއި 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިރާގުން ފަޚުރުވެރިވާ ކަމެއް ކަމަށެވެ.

މިއަހަރުގެ ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 13 އިން 25 ސެޕްޓެންބަރުގެ ނިޔަލަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ އާބާދީގެ އެންމެހާ ރައްޔިތުންނާއި މީހުން ދިރިއުޅޭ ގެތަކާއި، އިޤްތިޞާދީ ޙަރަކާތްތައް ހިންގާ މަރުކަޒުތަކުގެ ބޯހިމެނުން ކުރިއަށްދާނެއެވެ.

މުޅި ދިވެހިރާއްޖެއަށް އަމާޒުކޮށްގެން ބާއްވާ މި ޙަރަކާތަށްޓަކައި 4000 އަށްވުރެ ގިނަ އެނިއުމަރޭޓަރުންނާއި 100 އަށްވުރެ ގިނަ ޓްރެއިނަރުންވަނީ ހޮވާ ތަމްރީނުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ