logoEN
cocacola
ބާކީވާ ޑޭޓާ އަނެއް މަހަށް ބޭނުންކުރެވޭގޮތް ދިރާގުން ހަދައިފި

ބާކީވާ ޑޭޓާ އަނެއް މަހަށް ބޭނުންކުރެވޭގޮތް ދިރާގުން ހަދައިފި

އައިޝަތު އިފާޝާ

logo

9/5/2022, 10:21:36 AM

# ދިރާގު

big_3JpldMUQzlfy80MbqgYqrN36U

ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް 1 ސެޕްޓެމްބަރ އިން ފެށިގެން ޑޭޓާ ރޯލްއޯވަރ ތައާރަފު ކޮށްފިއެވެ.

ގޮސިޔާ

ޑޭޓާ ރޯލްއޯވަރ ތައާރަފު ކުރުމާއެކު، އޯގަސްޓު މަސް ނިމުނުއިރު ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންގެ ޕެކޭޖުގައި ބޭނުން ނުކޮށް ހުރި ޑޭޓާ އެލަވަންސެއް ވާނީ ސެޕްޓެމްބަރު މަހުގެ އެލަވަންސާއެކު ހިމަނާފައެވެ. އެހެންކަމުން ކުރިއައް އޮތްތާންގައިވެސް އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސާއެކު ހިމެނިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ހާމަކުރި ގޮތުގައި މިގޮތަށް ރޯލް އޯވަރ ކުރެވޭ ޑޭޓާ ބޭނުންކުރެވޭނީ އެއް މަސްދުވަހުގެ މުއްދަތަށެވެ. މިއީ ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންނަށް އިތުރު ޚަރަދަކާނުލައި އިތުރު ޑޭޓާ ބޭނުންކުރުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއްކަމަށް ދިރާގުން ބުނެއެވެ.

މި ޚިދުމަތް ތައާރުފުކޮށްފައިވާނީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް ކުރިއައްދާ ދަނޑިވަޅެއްގައެވެ. މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޚިދުމަތަށް އެޕްލައިކޮށްގެން ހިލޭ ދަތުރެއް ލިބުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އެގޮތުން ނަސީބުވެރި ފަރާތަށް އަބޫ ދާބީ، ޑުބާއީ އަދި އިސްތަންބޫލަށް ދެ މީހަކަށް ހިލޭ ދަތުރެއްގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން 1000 ޑޮލަރުގެ ޝޮޕިން އެލަވަންސެއްވެސް ނަސީބުވެރި ފަރާތަކަށް ލިބޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ