
4cdc90ef-91ee-4fb8-8aed-6b77a0c97e30
އދ.ގެ ކާބޯތަކެތީގެ އަގުތަކުގެ އިންޑެކްސް ޖެހިޖެހިގެން ފަސް މަހު ދަށަށް ހިގައްޖެއެވެ.

ކާބޯތަކެތީގެ އަގުތަކުގެ އިންޑެކްސް ދަށަށް ގޮސްފައިވާއިރު، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ އަގު އުފުލާ މައިގަނޑު އެއް ކަން ކަމުގައިވާ ކާބޯތަކެތީގެ އަގު އުފުލުމަށް ލުއި ލިބިދާނެ ކަމުގެ ނިޝާނެކެވެ.
މި އިންޑެކްސް އޮގަސްޓް މަހު 138 އަށް ވެއްޓުނުއިރު، ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން އޮތް މިންވަރަށް ވުރެ މިހާރު މިވަނީ ދަށްވެފައެވެ. އެ ދެ ގައުމަކީ ވެސް ސަންފްލާވާ ތެލާއި ކާށި އަދި ހަނޑުލުގެ ބާވަތްތައް ހިމެނޭ ގޮތަށް ބޮޑެތި ބާވަތްތައް އެކްސްޕޯޓްކުރި ގައުމުތަކެވެ.
އދ.ގެ ކާނާއާއި ދަނޑުވެރިކަމާއިބެހޭ ޖަމިއްޔާ އިން ބުނީ ޔޫކްރޭންގެ ބަނދަރުތައް އަލުން ހުޅުވުމަށް ޖުލައި މަހު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ގޮވާމާއި ތަރުކާރީ ތެލުގެ އަގު ވެއްޓިފައިވާ ކަމަށެވެ. އަދި މީގެ މާނައަކީ ބައިނަލްއަގްވާމީ މާކެޓްތަކަށް އިތުރު ސަޕްލަޔަރުންތަކަކަށް ބައިނަލްއަގުވާމީ މާކެޓުތަކަށް އެމީހުންގެ ތަކެތި ފޯރިކޮށްދެވޭނެ މަގު ތަނަވަސްވުމެވެ.
މިއަހަރު ކާބޯތަކެތީގެ އަގު ބޮޑުވުމުގެ މައިގަނޑު ސަބަބަކަށް ސީރިއަލްސް ވެފައިވީ ނަމަވެސް ކާނާއާއި ދަނޑުވެރިކަމާއިބެހޭ ޖަމިއްޔާ އިން އެރިން ކޮލިއާ ވިދާޅުވީ ސަޕްލައިތައް މިހާރު އިތުރުވަމުންދަނީ ހާއްސަކޮށް ކެނެޑާ، އެމެރިކާ އަދި ރަޝިޔާގައި ދަނޑުވެރިކަމުގެ ބާވަތްތައް ތަންކޮޅެއް ރަނގަޅަށް ފެންނަ ކަމަށެވެ. މި ތިން ގައުމަކީވެސް ހަނޑުލުގެ ބޮޑެތި އެކްސްޕޯޓަރުންނެވެ.
ކާބޯތަކެތީގެ އެހެން ކެޓަގަރީތަކަށް ބަލާއިރު، އެކްސްޕޯޓް ކުރުމުގައި ހުރި ހުރަސްތަކަށް ލުއި ދިނުމުން ހަކުރު އަދި ތެލުގެ އަގު ދަށްކުރުމަށް އެހީތެރިވެދިނެވެ. އަދި ވަކި އުފެއްދުންތަކަށް އޮތް ޑިމާންޑް ބަލިކަށިވުމުން މަހާއި ކިރުގެ އަގު ދަށްވުމަށް އެހީތެރިވެދިން ކަމަށްވެސް މިސް ކޮލިއާ ވިދާޅުވިއެވެ.
އިންޑޮނޭޝިއާ އިން ޕާމް ތެލުން ނަގާ އެކްސްޕޯޓް ޓެކްސް ވަގުތީ ގޮތުން ކުޑަކުރުމުގެ ސަބަބުން ކާބޯތަކެތި އުފައްދާ ކުންފުނިތަކަށް ގިނަ އަދަދަކަށް ބޭނުންކުރާ ތަރުކާރީ ތެލަށް އިތުރު ގޮތްތަކެއް ވަނީ ލިބިފައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި އިންފްލޭޝަން މަތިވަމުންދާ މި ދަނޑިވަޅުގައި ކާބޯތަކެތީގެ އަގު އުފުލުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންފްލޭޝަން އަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބުނު އެއްކަމެވެ.
ގުޅުންހުރި

"އުފަކާރަ" ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އެސްޓީއޯ އިން ވިއްކާ އަސާސީ ކާބޯތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި!

ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރުމަށް ނިންމަވައިފި




