
2eRz8Qc3nd3gpn4yFODnkFEMsFy9Nd-metaU19JTUdfNDU0My5qcGc=-
އެގްރޯ ނެޓުން ދަނޑުވެރިންނަށް ދޫކުރާ "ސްޓާޓް އަޕް" ޕެކޭޖްގެ ދަށުން މިހާތަނަށް 4.9 މިލިއަން ރުފިޔާގެ ތަކެތި ދަނޑުވެރިންނަށް ދޫކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެގްރޯނެޓުން ދަނޑުވެރިންނަށް ދޫކުރާ "ސްޓާޓް އަޕް ޕެކޭޖް" ނެގޭނީ އެކުންފުނިން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވެފައިވާ ދަނޑުވެރިންނަށެވެ.
އެގްރޯނެޓުން ބުނީ، ރާއްޖޭގެ ގިނަ ރަށްރަށަށް ޒިޔާރަތްކޮށް ދަނޑުވެރިކަމާއި ގުޅޭ އަދި އެ ކުންފުނިން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންއާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވާކަމަށެވެ. އެގްރޯނެޓާއި ގުޅިގެން 713 ދަނޑުވެރިއަކު މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ކުންފުންޏާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން 1805 ދަނޑުވެރިން ވަނީ ފާޅުކޮށްފައެވެ.
އެގްރޯނެޓާއިއެކު މަސައްކަތްކުރާ ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ތަކެތިވެސް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް 286 ފަރާތަކަށް 4.9 މިލިއަން ރުފިޔާގެ ތަކެތި ދޫކޮށްފައިވާކަމަށް އެގްރޯނެޓުން ބުންޏެވެ.
އެގްރޯނެޓްގެ "ސްޓާޓް އަޕް" ޕެކޭޖްގެ ދަށުން ދަނޑުވެރިކަން ފަށައިގަންނަން ބޭނުންވާ ހުރިހާ އާލާތްތަކެއް ދޫކުރެއެވެ. އޭގެތެރޭގައި މުޑުވަށް އިންދަން ބޭނުންވާ ފާޓިލައިޒަރ، ގަސްތަކަށް ފެންދޭނެ ހޮޅި، ގަހަށް ޖަހަންޖެހޭ ބޭހާއި ކެމިކަލްއާއި، އުދެލި ފަކީރާ ފަދަ ތަކެތި ހިމެނެއެވެ.
މި ޕެކޭޖްގެ ދަށުން ތަކެތި ދޫކުރަނީ އިންސްޓޯލްމަންޓް އުސޫލުންނެވެ. އެގްރޯނެޓުން ވިދާޅުވީ، މި ޕެކޭޖަށް ފައިސާ ދެއްކުމަށް ދަނޑުވެރިންނަށް ފަސޭހަ ގޮތްތަކެއް ފަހިކޮށްދީފައިވާކަމަށެވެ. އެގޮތުން ދަނޑުވެރިން ތަކެތި ހެއްދުމަށްފަހުގައި ތަކެތި ވިއްކާފައި ލިބޭ ފައިސާއިން އިންސްޓޯލްމަންޓަށް ލޯނު ދެއްކޭނެއެވެ. އަދި ދަނޑުވެރިޔާއަށް ފަސޭހަކަމާއެކު އިންސްޓޯލްމަންޓަށް ދެއްކޭ އަދަދެއް އިންސްޓޯލްމަންޓަށް ބަހާލައިގެންވެސް ޕެކޭޖަށް ފައިސާ ދެއްކޭނެއެވެ.
އެގްރޯނެޓުން އެންމެ ފުރަތަމަ މަސައްކަތް ފެށިއިރު އެ ކުންފުންޏާއި ގުޅިގެން މަސައްކަތް ފެށީ 10 ރަށެއްގައެވެ. ނަމަވެސް މިހާރު އެ ކުންފުނިން އަންނަނީ 38 ރަށެއްގައި ދަނޑުވެރިންނާއިއެކު މަސައްކަތް ކުރަމުންނެވެ.
ގުޅުންހުރި

ދަނޑުވެރިކަމުން އުފައްދާތަކެތި ބާޒާރަށް ގެނެވޭނެ މަގުތައް ފަހިކުރުމަށް އެގްރޯނެޓާއިއެކު މަޝްވަރާކޮށްފި

ދަނޑުވެރިކަމަށް ޗައިނާއިން ދިން އެހީ ހަވާލުކުރާނި އަތޮޅު، އަދި ސިޓީކައުންސިލްތަކަށް!

އެގްރޯނެޓް ގެ މަސައްކަތްތައް އަލުން ފަށަނީ
